މަސްމާރުކޭޓް ކައިރީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1" ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މަސްމާރުކޭޓް ކައިރީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1" ގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ މި ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ، 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ލިލީ ފިހާރާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ވެފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ފްލެޓްގައި ރޯވީ އެކްޒޯސްޓަކުން ކަރަންޓް ޝޯޓުވެގެން
ފަސް ގަޑިއިރުވިއިރު ވެސް އަލިފާންގަނޑު ނިއްވާނުލެވޭ
ހުޅުމާލޭ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ
ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ އަނދައިފި
ސްޓެލްކޯގެ މައި އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި