މި ހަފުތާގެ ބަންދު ދުވަސްތަކުގައި ސުޕްރީމް ކޯޓު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
25 ޖުލައި 2023
މި ހަފުތާގެ ބަންދު ދުވަސްތަކުގައި ސުޕްރީމް ކޯޓު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންތިހާބުތަކާ ދިމާކޮށް، ނުރަސްމީ ދުވަސްތަކުގައި ވެސް ސުޕްރީމް ކޯޓާއި ހައި ކޯޓު ވަކި ވަގުތުތަކެއްގައި އަބަދުވެސް ހުޅުވަ އެވެ.
ސުޕްރީމް ކޯޓުން ބުނީ މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް ހެނދުނާއި މެންދުރުގެ ވަކި ވަގުތުތަކެއްގައި އެ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ވަކި ވަގުތުތަކެއްގައި އެ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
މާދަމާ އާއި ބުރާސްފަތި ދުވަހު ސަރުކާރު ބަންދު ވަނީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެންނެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ މަހު ހަމަވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރާ ބޭފުޅުންގެ ޝަރުތާ މެދު ހިލާފު އުފެދޭ މައްސަލަތަކާއި އެ ނޫން ވެސް ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ ސުޕްރީމް ކޯޓަށެވެ.
މި އަހަރުގެ އިންތިހާބާ ގުޅޭގޮތުން މިހާތަނަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ދުސްތޫރީ ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމީ ބަލައިނުގަތުމަށެވެ.
އިންތިހާބާ ގުޅިގެން ހޮނިހިރު ދުވަހު ހައިކޯޓު ހުޅުވަނީ
ސިއްރު ހެކިބަސް ނުނެގުމަކީ ލިބޭނެ ކުރިއެރުމެއް: ފާއިޒު
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް: ޕީއެންސީ
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ހުށަހެޅި މައްސަލަ ބޭރު
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ކަންބޮޑުވުންތަކާ އެކު ވަކީލުން ޖޭއެސްސީ އަށް