27 ޖުލައި 2023
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހު އެވެ. ސުންގަޑިއަކީ މިއަދުގެ ހަވީރު ހަތެރެކެވެ.
ޕްރައިމަރީގައި ވާދަކުރައްވަން މިހާތަނަށް ފޯމު ހުށަހެޅުއްވީ ފާރިސް އެކަންޏެވެ.
އެމްއާރުއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީ އަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އެ ބޭފުޅަކު އޮޓަމެޓިކުން ހޮވޭނެ އެވެ.
ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދަވާފައިވާ އެމްއާރްއެމްގެ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ބެލެވިފައި އޮތީ ވެސް ފާރިސް އެކަންޏެވެ. ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން އޭނާ ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން ވެސް އޮތީ ދައުވަތު ދީފަ އެވެ. ނަމަވެސް އެމްޑީޕީއާ އެކު ދެ ވަނަ ދައުރެއްގައި ކޯލިޝަން ނުހަދާނެ ކަން އެމްއާރުއެމުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުން އަންނައިރު، ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އެ ކޮމިޝަނަށް ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރިއެއް ނުކުރެ އެވެ.
ފާރިސްގެ ޓީމާއެކު ޕީޕީއެމްގެ މަޝްވަރާ އަދިވެސް ކުރިއަށް
އެމްޑީޕީން ވެސް އެމްއާރުއެމާ މަޝްވަރާކޮށްފި
ފާރިސްގެ ރަނިންމޭޓަކަށް ޑރ. ސައްތާރު
އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް ސޮއި ހޯދަނީ
އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
އިންތިހާބަށް ޖޭޕީ/އެމްއާރުއެމް އެކުވާން މަޝްވަރާކުރަނީ
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
ފާރިސް، ރަނިންމޭޓަކަށް ހަމަޖައްސަން ގާސިމަށް ކަމުދޭ
މައުމޫންގެ އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި
ފާރިސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފި