Roadha Mihaaru
ޓެރަރިޒަމަށް ފަންޑުކުރާ 20 މީހަކާއި 29 ކުންފުނި

ރާއްޖޭގެ އެތައް ބަޔަކާއި ވިޔަފާރިތަކެއް ޓެރަރިޒަމް އަށް އެހީވާ ކަމަށް އެމެރިކާ އިން ކަނޑައަޅައި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ!

01 އޯގަސްޓް 2023

ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދު ކުރާ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައަޅައި ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދު ކުރާ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައަޅައި ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދު ކޮށް ޓެރަރިޒަމް އަށް ފަންޑު ކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަ ކޮށްފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓެރަރިސްޓް ސެލްތަކުގެ މީހުންނާއި ބޮޑެތި ކުށް ކުރާ ނުރައްކާތެރި ގޭންގުތަކުގެ މީހުންނާއި ވަކިވަކި ފަރުދުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވުނު މުހައްމަދު އަމީން އާ ގުޅުން ހުރި ކުންފުނިތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އައިއެސް އާއި އަލްގައިދާގެ އަށް ތާއީދު ކުރާ ފަރާތްތަކުންނާއި އެހީތެރިވެ ދޭ ފަރާތްތަކާ ދެކޮޅަށް ޓްރެޝަރީން މިއަދު އެޅި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ޓެރަރިސްޓް ހަމަލާތަކަށް މާލީ އަދި އެހެނިހެން އެހީތެރިކަން ލިބުމަށް ހުރަސްއެޅިގެން ދާނެ،" ޓްރެޝަރީ ފޯ ޓެރަރިޒަމް އެންޑް ފައިނޭންޝިއަލް އިންޓެލިޖެންސްގެ އަންޑަސެކްރެޓަރީ ބްރައިއަން އީ ނެލްސަން ވިދާޅުވި އެވެ.

އައްޑޫ ސިޓީ ސެލް އާއި ކީ މެންބަރުން

އެ ބަޔާނުގައި ބުނާ ގޮތުން އައްޑޫގައި 2018 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމްގެ އެކި ހަމަލާތައް ދިނުމަށް އަންނަނީ ރާވަމުންނެވެ. އެގޮތުން ބައެއް ހުސް ވެހިކަލްތަކެއްގައި އައިއީޑީ ހަރުކޮށްގެން ގޮއްވާލަން މަސައްކަތް ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައްޑޫގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގޮތުގައި އެމެރިކާ އިން ވަނީ ފަސް މީހަކާއި ދެ ކުންފުންޏެއް ކަނޑައަޅައިފަ އެވެ. އެއީ؛

1. ޖިނާއު ނަސީމް

2. މުހައްމަދު ތަސްލީމް

3. ފާރިސް މުހައްމަދު ދީދީ

4. އަލީ ނިހާދު

5. މުހައްމަދު ނައުޝާދު ޝަރީފް

ޓެރެޝަރީގެ ބަޔާނުގައި ބުނާ ގޮތުން ޖިނާހު އަކީ އައްޑޫ ސެލްގެ އަމީރު ކަމަށް އަމިއްލަ އަށް އައްޔަންވެފައިވާ މީހެކެވެ. އޭނާ އައިސިސް އާ ސީދާ މުއާމަލާތް ކޮށް ސީރިޔާގައި ތިބި ހަނގުރާމަވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ތަސްލީމް އަކީ ކުރީގެ ރައީސް އަކު އަވަހާރަ ކޮށްލަން ހަރަކާތްތެރިވި އަދި އައްޑޫގައި ޓެރަރިސްޓް އޮޕަރޭޝަންތަކެއް ހިންގާ މީހެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ފާރިސް އާއި ނިހާދަކީ ވެސް އެ އޮޕަރޭޝަންގައި ހިމެނޭ ދެ މީހުން ކަމަށާއި ނައުޝދަކީ ވެސް އައިއީޑީ ބޭނުން ކޮށްގެން ހަމަލާތަކެއް ދޭން ހިތްވަރު ދެމުން އަންނަ މީހެއް ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތު ކޮށްފަ އެވެ.

މީގެ އިތުރުން ނައުޝާދުގެ ނަމުގައި ރަޖިސްޓާ ކޮށްފައިވާ ދެ ކުންފުންޏަކުން ވެސް އެކަމަށް ފަންޑު ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިސިސް އާ ގުޅުން އޮންނަ ގޭންގު ލީޑަރުން

ރާއްޖޭގައި ހިންގާ ނުރައްކާތެރި ގޭންގުތަކުގެ ލީޑަރުންގެ ތެރެއިން އައިސިސް އަށް އެހީތެރިވާ ކަމަށް އެމެރިކާ އިން ކަނޑައަޅާފައި ވަނީ ތިން މީހެކެވެ. އެއީ އަހުމަދު އާލިފް ރައުފް އާއި މުހައްމަދު އިންތިފް ރައުފް އަދި އިބްރާހިމް އަލީފް ރައުފް އެވެ.

އެ މީހުން ނިސްބަތް ވަނީ ކުޑަ ހެންވޭރު ގްރޫޕަށް ކަމަށާއި އެ ގޭންގުން ސީރިޔާގައި ތިބި ހަނގުރާމަވެރިންނަށް ފައިސާ ހޯދުމަށް ރާއްޖޭގައި އިންތިޒާމް ވެގެން ބޮޑެތި ވައްކަމާއި ފޭރުންތައް ހިންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެ ގޭންގުން ޒުވާނުން ހަރުކަށި ފިކުރަށް އެނބުރުމާއި މީހުން ހަނގުރާމަވެރި ސަރަހައްދުތަކަށް ފޮނުވުމުގެ ކަންކަން ވެސް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މީހުންނާ ގުޅުން ހުރި ފަސް ކުންފުންޏެއްގެ ނަން ވެސް ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ހާމަ ކޮށްފަ އެވެ.

އަމީން އާ ގުޅުން ހުރި ފަރާތްތައް

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި އެކިއެކި ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގައި ޓެރަރިޒަމް އަށް ފަންޑު ކުރުމަށް އަމީން އާ ގުޅިގެން ހަރަކާތްތެރިވާ ކަމަށް އެ ބަޔާނުގައި 12 ފަރާތަކަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެ ފަރާތްތަކާ ރާއްޖޭގެ 10 ކުންފުންޏަކާ ގުޅުން އޮތް ކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ބުންޏެވެ. އެއީ؛

1. އަބްދުﷲ އަލިމަނިކު

2. މޫސާ އިނާސް

3. އަބްދުﷲ ޝަރީފް

4. ހުސެއިން ޝާމިލް

5. އަހުމަދު މުބީން

6. އަމީން އަހުމަދު

7. ޔޫސުފް ޝަހީދު

8. އަހުމަދު އަފްރާހު

9. މުހައްމަދު މާތިއު އަބްދުލްރައްޒާގު

10. އަލީ ޝާފިއު

އަލްގައިދާ އޮޕަރޭޓިވްސް ކަމަށް ތުހުމަތު ކުރާ ފަރާތްތައް!

ރާއްޖޭގައި އަލްގައިދާ އަށް ތާއީދު ކުރާ ކަމަށް ދެ ފަރާތަކަށް ތުހުމަތު ތުހުމަތު ކުރެ އެވެ. އެއީ އަހުމަދު އަގީލް އާއި އަލީ ޝިޔާމް ނަމަކަށް ކިޔާ މީހެކެވެ. އެ މީހުންނާ ގުޅުން ހުރި ކުންފުނިތައް ފާހަގަކޮށް ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ބުނެފައި ވަނީ އެ ފަރާތްތަކުން ދިވެހިން ސީރިޔާ އަށް ފޮނުވުމާއި ބޭރުގެ އެ ހަނގުރާމަތަކަށް ދާ ފަރާތްތަކާށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ ކަމަށެވެ. އަދި އެ ފަރާތްތަކާ ގުޅުން އޮތް 10 ކުންފުންޏަކަށް ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.