ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ބަދަލުކުރުމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ލެޕްރޮސްކޮޕިކް ސާޖަރީ ފަށަން ތައްޔާރުވެއްޖެ އެވެ.
03 އޯގަސްޓް 2023
ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ބަދަލުކުރުމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ލެޕްރޮސްކޮޕިކް ސާޖަރީ ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު، ހަސަން ފަޒީލް މިއަދު ވިދާޅުވީ އާ ސާޖަރީ ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެ، އޭގެ ފުރަތަމަ އޮޕަރޭޝަން މި މަހުގެ 13 ވަނަ ދުވަހު ކުރާނެ ކަމަށެވެ.
ލެޕްރޮސްކޮޕިކް ސާޖަރީ އަކީ ބަނޑު ފަޅާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތަކެކެވެ.
އެގޮތަށް ކުރާ އޮޕަރޭޝަންތަކުގެ ތެރޭގައި ގޯލްބްލެޑާ އާއި އެޕެންޑިކްސް އަދި ކުދިކުދި ޓިއުމަރު ނެގުން ހިމެނެ އެވެ.
ފަޒީލް ވިދާޅުވީ ލެޕްރޮސްކޮޕިކް ސާޖަރީ ހެދުމަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ ސާމާނާއި ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލެޕްރޮސްކޮޕް ސާޖަރީ ނުހެދޭތީ، އުނގޫފާރު ހޮސްޕިޓަލްގައި ބަނޑުގެ އޮޕަރޭޝަންތައް މިހާރު ކުރަނީ ފަޅައިގެންނެވެ. ނަމަވެސް، ލެޕްރޮސްކޮޕިކް ސާޖަރީ ފެށުމުން ގިނަ ބަޔަކަށް ފަސޭހަވާނެ ކަމަށް ފަޒީލް ވިދާޅުވި އެވެ.
"އޮޕަރޭޝަން ކުރީމާ އިންނަ ލަކުނާއި އިންފެކްޓްވުން ކުޑަކޮށްދީ، އަވަހަށް ރަނގަޅު ކޮށްދޭނެ ލެޕްރޮސްކޮޕިކް ސާޖަރީން،" އޭނާ ވިދާޅުވ ި އެވެ.
އެ ތަނުން މިހާރު ވެސް ނ، ރ، ބ، އަދި ޅ. އަތޮޅުން މީހުން ފަރުވާ އަށް ދެ އެވެ.
ލެޕްރޮސްކޮޕިކް ސާޖަރީގެ އިތުރުން، އުނގޫފާރު ހޮސްޕިޓަލްގައި ހިތުގެ ބަލީގެ ފަރުވާ ފެށުމަށް ޑޮކްޓަރަކު ވަނީ ގެންގޮސްފަ އެވެ. އޭރުން ހިތުގެ މައްސަލަތަކުގައި މާލެ އަށް ފޮނުވާ ފޮނުވުން މަދުވާނެ ކަމަށް ފަޒީލް ވިދާޅުވި އެވެ. ހިތުގެ ޑޮކްޓަރު މަސައްކަތް ފެށުމާއެކު އެކޯ ކާޑިއޮގްރާމްގެ ހިދުމަތް ވެސް ފަށާނެ އެވެ. އޭގެ އިތުރުން، ޔޫރޮލޮޖިސްޓްގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައި ހިދުމަތް ފަށައިފި
ތިން ރަށެއްގެ ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
10ރ.ގެ ބޭހެއް ނެތިގެން 30،000ރ. ގެ ހަރަދު!
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތް ހަދަން ހަވާލުކޮށްފި
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި