ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
28 ޖޫން 2025
ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ވަރަށް ބޮޑު ކަމަށާއި އެހެންވެ، މާލެ އާއި ރަށްރަށުގައި އެ ފަރުވާ ރަނގަޅު ކުރަން އިސްކަމެއް ދެމުން އަންނަ ކަމަށެވެ.
މިދިޔަ ހަފުތާގެ ގޯމަ ދުވަހު ދެއްވި އިންޓަވިއުގައި ނާޒިމް ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.
"މާ ގިނަ ދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"[މި އަހަރު ފެށުމަށް] އުއްމީދަކީ."
އިންޑިއާގެ އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރާށެވެ. ނަމަވެސް، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާށެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ކެންސަރު ބަލީގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް އަދި އުޅެނީ ވަރަށް ފަހަތުގަ އެވެ.
މި ސަރުކާރުން ވަނީ ހުޅުމާލޭގައި ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރަން މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފަ އެވެ. ހެލްތް މިނިސްޓްރީން އޭރު ބުނި ގޮތުގައި، އެ ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖައްސަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.
ނާޒިމް ވިދާޅުވިގޮތުގައި، އެ ހޮސްޕިޓަލް މަޝްރޫއާ ގުޅޭގޮތުން ގާނޫނީ ގޮތުން ހައްލު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު އެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ގޮންޖެހުންތައް ހުއްޓަސް ނަތީޖާއާ ދޭތެރޭ ސުވާލެއް ނެތް
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!