Roadha Mihaaru
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް

ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ނުނިންމޭނެ: ސިވިލް ކޯޓް

03 އޯގަސްޓް 2023

އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިލޭނިއަމް ކެޕިޓަލްސް ކުންފުންޏަށް ސަރުކާރުން 2014 ވަނަ އަހަރު ކުއްޔަށް ދޫކުރި ބޮޑުކާށިހުރާގެ އެއްބަސްވުން ބާތިލްކޮށް 2016 ވަނަ އަހަރު ސަރުކާރުން އެ ރަށް އަތުލި އެވެ. އެހެންވެ، އެތަން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެ ކުންފުނިން ދައުވާކުރި އެވެ.

އެހެންވެ، ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ބޮޑުކާށިހުރާ ސަރުކާރުން އަތުލީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ މިލޭނިއަމް ކެޕިޓަލްސް އިން ދައްކާފައި ނުވާ ކަމަށް ތުހުމަތުކޮށް ކަމަށާއި އޮޑިޓާ ޖެނެރަލާއި ފުލުހުންނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގައި ވެސް އެ ރަށުގެ ފައިސާ ދައުލަތަށް ލިބިފައިނުވާ ކަމަށް ފާހަގަ ކޮށްފަ އެވެ. އެ ފައިސާ ދެއްކިކަން ސާބިތުކޮށް ނުދެވޭ ކަމަށާއި އެ ރަށް އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލަ ކޯޓުގައި އޮތުމުން ބޮޑުކާށިހުރާ އެހެން ބަޔަކަށް ކުއްޔަށް ނުދިނުމުގެ އަމުރަކަށް ވެސް އެ ކުންފުނިން ކޯޓުގައި އެދުނެވެ. ނަމަވެސް މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.