Roadha Mihaaru
ލިޔުންތެރިކަމަށް ދަ ސާކަލްގެ ހަރުދަނާ ފިޔަވަޅެއް

ލިޔުންތެރިކަމަށް "ދަ ސާކަލް" އިން އަޅައިދެނީ ހަރުދަނާ ފިޔަވަޅެއް

07 އޯގަސްޓް 2023

ލިޔުންތެރިކަމަކީ ކުޑަކުދިންގެ ވިސްނުން ތަރައްގީކޮށް، އެކި ކަންތައްތަކާއި މެދު ތަފާތު ނަޒަރަކުން ވިސްނުމަށް މަގުފަހިކޮށްދޭ ހުނަރެކެވެ. މި ހުނަރަކީ ޅަ އުމުރެއްގައި ތަރައްގީކޮށް ކުރިއެރުވޭނެ ހުނަރެކެވެ. މި ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ސްކޫލުން ބޭރުން ހޯދައިދިނުމުގެ ގޮތުން ދަ ސާކަލްއިން ވަނީ "ކްރިއޭޓިވް އިންގްލިޝް"ގެ ނަމުގައި ޕްރޮގުރާމެއް އަންނަނީ ހިންގަމުންނެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލިޔުންތެރިކަމަކީ ކުޑަކުދިންގެ ވިސްނުން ތަރައްގީކޮށް، އެކި ކަންތައްތަކާއި މެދު ތަފާތު ނަޒަރަކުން ވިސްނުމަށް މަގުފަހިކޮށްދޭ ހުނަރެކެވެ. މި ހުނަރަކީ ޅަ އުމުރެއްގައި ތަރައްގީކޮށް ކުރިއެރުވޭނެ ހުނަރެކެވެ. މި ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ސްކޫލުން ބޭރުން ހޯދައިދިނުމުގެ ގޮތުން ދަ ސާކަލްއިން ވަނީ "ކްރިއޭޓިވް އިންގްލިޝް"ގެ ނަމުގައި ޕްރޮގުރާމެއް އަންނަނީ ހިންގަމުންނެވެ.

މި ޕްރޮގްރާމަކީ އުމުރުން އެންމެ 10 އަހަރުގެ މަރިޔަމް ޝީން ޝާމްގެ ލިޔުންތެރިކަން ތަރައްގީކޮށް ޅެންވެރިކަމަށް ލޯބި އުފެއްދި ޕްރޮގްރާމެވެ. ޝީން އަކީ މިދިޔަ އަހަރު ކްރިއޭޓިވް އިންގްލިޝްގެ ފުރަތަމަ ޕްރޮގްރާމު ނިންމާ އެ ޕްރޮގްރާމުން ކުރެވުނު ފޮނި ތަޖުރިބާގެ ސަބަބުން ކްރިއޭޓިވް އިންގްލިޝް 2 ޕްރޮގްރާމު ހަދަމުންދާ ދަރިވަރެކެވެ.

"ދެ ވަނަ ޕްރޮގްރާމާއި ގުޅުނީ ފުރަތަމަ ޕްރޮގްރާމު ވަރަށް ސަޅިވީމަ. ސްކޫލްއާ ވަރަށް ތަފާތު ސްޓައިލްއަކަށް ލިޔުމުގެ ފުރުސަތު މި ޕްރޮގްރާމުގައި ލިބޭ. ވަރަށް ބޮޑަށް އަމިއްލަ ކްރިއޭޓިވިޓީ އެކްސްޕްލޯކުރަން ޗާންސް ލިބޭ." ޝީން ބުންޏެވެ.

ޝީން ބުނީ މި ޕްރޮގްރާމަކީ މިނިވަންކަމާ އެކު، ހިފެހެއްޓުމެއް ނެތި ބޭނުން ސްޓައިލަކަށް ލިޔުމުގެ ފުރުސަތު ދޭ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ސްކޫލްގައި ހަދަން ޖެހޭ ލިޔުންތެރިކަމުގެ މަސައްކަތްތައް އިތުރަށް ފަސޭހަވެ، ލިޔުންތެރިކަމަށް ބޭނުންވާ ހުނަރުތައް ތަރައްގީވެއްޖެ ކަމަށެވެ. ޝީން ބުނީ ޕްރޮގްރާމާއި ގުޅުނު ފަހުން، ކިޔެވުމަށް އޭގެ ރަނގަޅު އަސަރުކޮށް ލިޔުންތެރިކަމާ ގުޅޭ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ.

"މި ޕްރޮގްރާމުގައި ހުރިހާ ކުދިންނަށް އެއް ސުވާލެއް ދިނަސް ބޭނުން ޓެކްނީކެއްގައި ބޭނުން ގޮތަކަށް ލިޔުމުގެ ފުރުސަތު ލިބޭ. ކްރިއޭޓިވް ފްރީޑޮމް އެއްކޮށް ދީފަ އޮންނަނީ. ވަރަށް އިންޓްރެސްޓިން ތަފާތު ޕްރޮގްރާމެއް މިއީ." ޝީން ބުންޏެވެ.

ޝީން ބުނީ މި ޕްރޮގްރާމަކީ ކޮންމެ ދަރިވަރަކަށް ވެސް ގިނަ ކަންތައްތަކެއް ދަސްވާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ޕްރޮގްރާމުގައި މާކްސް ދިނުމުގެ ބަދަލުގައި، އެ މަސައްކަތަކާ ގުޅޭ ކަންތައްތައް ކިޔައިދީ ދޭ ކޮމެންޓުތަކަކީ ލިޔުންތެރިކަން ތަރައްގީކޮށް، މޮޅު ލިޔުންތަކެއް ލިޔުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ހުޅުދެލި ސްކޫލްގެ ގްރޭޑް ފަހެއް ފެށި ޝީންގެ އުއްމީދަކީ އަމިއްލަ ފޮތެއް ޕަބްލިޝްކުރުމެވެ. ދަ ސާކަލްއިން ހިންގާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމަކީ ޝީންގެ މި އުއްމީދު ފުރިހަމަކޮށްދޭނެ އެހީތެރިޔާ އެވެ. ޝީން ބުނީ ލިޔުންތެރިކަމަށް ލޯބި ހުންނަ ކުދިންނާއި އެ ހުނަރު ތަރައްގީކުރަން ބޭނުންވާ ކުދިންނަށް ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމަކީ ކަމުދާނެ، މަޖާ ޕްރޮގުރާމަކަށް ވާނެ ކަމަށެވެ.

ދަ ސާކަލް އަކީ ލިޔުންތެރިކަމުގެ އިތުރުން ލީޑަރުން ބިނާ ކުރުމާއި ޓެކްނޮލޮޖީއަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ގިނަ ޕްރޮގްރާމުތަކެއް ހިންގަމުންދާ ތަނެކެވެ. މިއީ އުގެއިލް ފައުންޑޭޝަނުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެކެވެ.