Roadha Mihaaru
އެމްބާޕޭ އަދިވެސް ހުރީ "އެކަހެރި" ކޮށްފައި

އެމްބާޕޭ އަދިވެސް ހުރީ "އެކަހެރި" ކޮށްފައި

08 އޯގަސްޓް 2023

ޕެރިސް (އޯގަސްޓް 8) - ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭއާ ނުލައި ކުރިއަށްދާން ޕީއެސްޖީން ތައްޔާރު ވެއްޖެ އެވެ.

ޕެރިސް (އޯގަސްޓް 8) - ޕީއެސްޖީގެ ފޯވާޑް ކިލިޔަން އެމްބާޕޭއާ ނުލައި ކުރިއަށްދާން ޕީއެސްޖީން ތައްޔާރު ވެއްޖެ އެވެ.

އާ ސީޒަނަށް ތައްޔާރުވާން ޕީއެސްޖީން ކުރިއަށްގެންދާ ޕްރީ ސީޒަން ޓްރޭނިންތަކުގައި ވެސް އެމްބާޕޭ ބައިވެރި ނުކުރެ އެވެ. އޭނާ ޓްރޭނިން ހަދަމުން ދަނީ ޓީމާ ވަކިންނެވެ.

ކުރިއަށް އޮތް ސީޒަންގެ ނިމުމުން، އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. އެކަމަކު ޕީއެސްޖީން ދަނީ ކޮންޓްރެކްޓް އާ ކުރުމަށް އެމްބާޕޭ އަށް ބާރު އަޅަމުންނެވެ. އޭނާ ބެނެފައި ވަނީ މި ސީޒަންގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރާނެ ކަމަށެވެ.

އޭނާ ގެންދަން ބޭނުން ވަނީ ރެއާލް މެޑްރިޑެވެ. އެކަމަކު ހިލޭ ޓްރާންސްފާގައި އޭނާ ކްލަބް ދޫކޮށްދާކަށް ޕީއެސްޖީން ބޭނުމެއް ނުވެ އެވެ. ބޮޑު އަގުގައި އެމްބާޕޭ ގެންދަން ރެއާލުން ބޭނުމެއް ނުވެ އެވެ. މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އެ ކްލަބުން މިހާރު ވެސް ވަނީ 150 މިލިއަނެއްހާ ޑޮލަރުގެ މުއާމަލާތް ކޮށްފަ އެވެ.

ޕީއެސްޖީގެ އާ ކޯޗު އެންރީކޭ ދަނީ އެމްބާޕޭ ނުލައި ޕީއެސްޖީގެ ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓީމުން ވަނީ ބެންފީކާގެ ގޮންކާލޯ ރާމޯސް ލޯނު އެއްބަސްވުމުގެ ދަށުން ގެނެސްފަ އެވެ. އަދި އެއަށް ފަހު އެ ކްލަބުން ބޭނުންނަމަ އޭނާ ލައްވައި ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އިހްތިޔާރު ޕީއެސްޖީ އަށް ލިބެ އެވެ.

ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީން ވަނީ ރެއާލް މެޑްރިޑްގެ މާކޯ އަސެންސިއޯ، އިންޓަ މިލާންގެ މިލާން ސްކްރިނިއާ، ރެއާލް މަޔޯކާ ލީ ކަންގް-އިން، ބެޔާން މިޔުނިކްގެ ލޫކަސް ހެނާންޑޭޒް އަދި ސްޕޯޓިން ލިޒްބަން އަށް މެނުއަލް އުގާޓޭ ލައްވައި ސޮއި ކުރުވައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ލޯން އުސޫލުން ކުޅުނު ހޫގޯ އެކިޓިކޭ އާ އެކު ވަނީ އެއްބަސްވުން ހަދައިފަ އެވެ.

ބާސާގެ ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ ގެންދިއުމުގެ މަސައްކަތް ވެސް ޕީއެސްޖީން ދަނީ ކުރަމުންނެވެ.