ޕެރިސް (މެއި 14) – މި ސީޒަނުގައި ކިލިޔަން އެމްބާޕޭ އަށް ދޭން ޖެހޭ ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި އެވެ.
ޕެރިސް (މެއި 14) – މި ސީޒަނުގައި ކިލިޔަން އެމްބާޕޭ އަށް ދޭން ޖެހޭ ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި އެވެ.
މި ސީޒަނަށް ފަހު، ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ވަނީ ނިންމައިފަ އެވެ.
މީގެ ދެ އަހަރު ކުރިން، ޕީއެސްޖީގެ ކޮންޓްރެކްޓް އެމްބާޕޭ އާ ކުރުމުން، އެ ކްލަބުން ވަނީ މުސާރައިގެ އިތުރުން ބޯނަސްތަކެއް ވެސް އެމްބާޕޭ އަށް ދޭން ނިންމައިފަ އެވެ. އެއީ ކޮންޓްރެކްޓް އާ ކުރުމުން ދޭ ސައިނިން ބޯނަސް އާއި ލޯޔަލްޓީ ބޯނަސް އެވެ.
މި ސީޒަން އެއްކޮށް ކުޅުނު ނަމަވެސް، އޭނާ އަށް ސައިނިން ބޯނަސްގެ ފައިސާ ޕީއެސްޖީން ހުރީ ނުދީ ކަމަށް، މެޑްރިޑްގެ ރިލޭވޯ ނޫހުން ބުންޏެވެ. އޭނާ ކްލަބް ދޫކޮށްލަން ނިންމާފައި ވުމުން، އެ ފައިސާ ނުދޭން ޕީއެސްޖީން ނިންމައިފަ އެވެ. އެކަމާ އެމްބާޕޭ ވެސް އިއުތިރާޒެއް ނުކުރެ އެވެ.
އެމްބާޕޭގެ ބޯނަސްތައް ހިފެހެއްޓުމުން، 200 މިލިއަން ޑޮލަރު ޕީއެސްޖީ އަށް ސަލާމަތް ކުރެވޭނެ އެވެ. އެއީ ސައިނިން ބޯނަސް އަށް ދޭ 80 މިލިއަން ޑޮލަރާއި ދެ އަހަރަށް ސޮއި ކުރުމުން ދޭ 130 މިލިއަން ޑޮލަރުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބައެއް ވެސް އެމްބާޕޭ އަށް ނުދެ އެވެ.
އެމްބާޕޭ ބަދަލު ވަނީ ރެއާލް މެޑްރިޑަށެވެ. އެ ކްލަބުން އޭނާ އަށް ދޭނެ ކަމަށް ބެލެވެނީ އަހަރަކަށް 15 މިލިއަން ޑޮލަރުގެ މުސާރަ އެކެވެ.
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ: އެންރީކޭ
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
އެކަހެރިކޮށްފައި ހުރި އެމްބާޕޭއަށް ޕީއެސްޖީން މާފުދީފި
އެމްބާޕޭ އަދިވެސް ހުރީ "އެކަހެރި" ކޮށްފައި
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ