ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އެހީގައި މި އަހަރުގެ ޓާޓަލް ފެސްޓިވަލް ބާއްވައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އެހީގައި މި އަހަރުގެ ޓާޓަލް ފެސްޓިވަލް ބާއްވައިފި އެވެ.
މިއީ ނައިފަރު ޖުވެނައިލް އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.
މި އަހަރުގެ ފެސްޓިވަލް ބޭއްވީ ޅ. އަތޮޅުގެ ރަށްތަކުގަ އެވެ. އެ ފެސްޓިވަލްގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކީ ސައުދީ އެމްބަސީ އެވެ.
"ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023"ގައި ސައުދީ އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސައުދީ އެމްބަސީ
ސައުދީ އެމްބަސީން މިއަދު ބުނީ "ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023" ގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ފެސްޓިވަލްގައި، މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންނާއި އެހީތެރިންނާއި އާންމުން ބައިވެރިވެ، ތަފާތު ޕްރޮގްރާމްތައް ބޭއްވި ކަމަށާއި އަދި ވެލާކަހަނބު ހިމާޔަތްކުރުމުގެ ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ވެސް އެމްބަސީން ބުންޏެވެ.
"ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2023"ގައި ސައުދީ އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސައުދީ އެމްބަސީ
"ސައުދީ ގްރީން އިނީޝިއޭޓިވްގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، އަމާން، ފެހި މުސްތަގުބަލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ،" އެ އެމްބަސީން ބުންޏެވެ.
ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށާއި ކަނޑުތަކާއި ދިރުންތައް ހިމާޔަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ސައުދީ ސަރުކާރުން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ވެސް އެ އެމްބަސީން ބުންޏެވެ.
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި
އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ އިސް ވަފުދެއް
ޝަރުއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް
ބާކީވާ ހައްޖު ކޯޓާގެ ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާ
ސައުދީގައި ކިޔެވުމަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕް
އުމްރާގެ ހުރިހާ ހުއްދައެއް މިހާރު އަމިއްލައަށް ހޯދޭނެ
ހެލްތު ސާކިއުލާ ތަންފީޒު ނުކުރާތީ ސައޫދީގެ އެންގުމެއް
"ހައްޖާ ގުޅޭ ހެލްތު ސާކިއުލާއަކީ އާ އުސޫލެއް ނޫން"
ސައޫދީ އެއާލައިންގެ ހިދުމަތް އާ ޓާމިނަލުން ފަށައިފި
ރާއްޖެ-ސައުދީ ގުޅުމަކީ ނަމޫނާ ގުޅުމެއް: ސަފީރު