Roadha Mihaaru
މާފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

މާފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

15 އޯގަސްޓް 2023

ކ. މާފުށިން ހިއްކި ބިމުން ދިރިއުޅުމަށް ދޫކުރާ 308 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިރޭ އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. މާފުށިން ހިއްކި ބިމުން ދިރިއުޅުމަށް ދޫކުރާ 308 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިރޭ އާންމުކޮށްފި އެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު މި މަހު 24 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ލިސްޓުގައި ހިމަނާފައި ވަނީ ގޯތި ލިބޭ 308 މީހުންގެ ނަން އެކަންޏެވެ. އަދި އެ ލިސްޓުގައި ތިބީ މުޅިން ވެސް އެ ރަށުގެ ރަޖިސްޓްރީގައި ތިބި މީހުންނެވެ. ޕޮއިންޓް ދިނުމުގައި އިސްކަން ދިނީ ވެސް އެ ރަށުގެ ރަށްވެހިންނާއި ރަށުގައި ދިރިއުޅޭ މީހުންނަށެވެ.

މި ގޯތިތަކަށް ކުރިމަތިލީ މީހުންގެ ޖުމްލަ އަދަދު ސާފުވާ ގޮތެއް އަދި ނުވެ އެވެ.

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ 2021 ވަނަ އަހަރު މާފުށީ ފަޅުގެ ދެކުނު ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. މި ގޯތިތައް ދެނީ އެ ސަރަހައްދުންނެވެ.