Roadha Mihaaru
"އުކުޅަހު ރައްޔިތުން މިތިބީ އުފަލުން ފުރިފައި"

"އުކުޅަހު ރައްޔިތުން މިތިބީ އުފަލުން ފުރިފައި"

17 އޯގަސްޓް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އުކުޅަަހަށް ވެވަޑައިގަތް ވައުދުތައް ރަނުން ރަނަށް ފުދި ހުރިހާ ދިމާލަކުން ތަރައްގީގެ މަޝްރޫއުތައް އުތުރި އަރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް ޝައުކަތު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އުކުޅަަހަށް ވެވަޑައިގަތް ވައުދުތައް ރަނުން ރަނަށް ފުދި ހުރިހާ ދިމާލަކުން ތަރައްގީގެ މަޝްރޫއުތައް އުތުރި އަރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް ޝައުކަތު ރޭ ވިދާޅުވެއްޖެ އެވެ.

ދެ ވަނަ ދައުރެއްގެ ކެމްޕޭނަށް ރައީސް އުކުޅަހަށް ވަޑައިގެން ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސް ވަނީ އެ ރަށަށް އަންނަ ކުރިއެރުންތަކުގެ ލިސްޓު ވިދާޅުވެދެއްވައިފަ އެވެ.

"އުކުޅަހުގެ ރައްޔިތުން މިތިބީ އުފަލުން ފުރިފައި. އުކުޅަހުގެ މުޅި މާހައުލު ވަނީ އުފަލުން ގުގުމާލާފައި. އަޅުގަނޑު ބަލާލައިފިއްޔާ އަޅުގަނޑަށް ފެންނަނީ ރަށުގެ ފަޅުގެ ބޭރުން ފެށިގެން ގޮސް ރަށުގެ ބަނދަރު މަތިން، މަގުތަކުން، ހުރިހާ ތަނަކުން ވެސް ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތައް އުތުރި އަރަމުން އަންނަ ތަން، ޝައުކަތު ވިދާޅުވި އެވެ.

މި ރަށުގެ ރައްޔިތުން ދިޔައީ އެކަމަށް އާދޭސްކޮށް ސަލާން ޖަހަމުން. މި ރުއިމާއި އުނދަގުލާއި ކެކުޅުމުގެ އަޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި އެހެން ވެސް ރައީސަކަށް ނީވުނު. -- ޝައުކަތު
އުކުޅަސް ރައީސް ޝައުކަތު ރޭގެ ޖަލްސާގައި ވާހަކަ ދައްކަަވަނީ. -- ފޮޓޯ | އެމްޑީޕީ

އުކުޅަސް ރައީސް ޝައުކަތު ރޭގެ ޖަލްސާގައި ވާހަކަ ދައްކަަވަނީ. -- ފޮޓޯ | އެމްޑީޕީ

"އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށަށް ކޮށްދެއްވާ ބޮޑެތި ބިޔަ ތަރައްގީގެ މަޝްރޫއުތައް. މި ދައުރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށަށް ކޮށްދެއްވި ކަންކަން ކިޔައިދޭން ވެއްޖިއްޔާމު އިރުއަރާއިރު ވެސް އެ ލިސްޓު ނިންމައެއް ނުލެވޭނެ،" ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައުދުވާން އެނގިވަޑައިގަންނަވާ އަދި ރަނުން ރަނަށް ވައުދު ފުއްދަވާ ބޭފުޅެއް ކަަމަށެވެ. ކަމެއް ނުވުމުން، ކެމްޕޭން ކުރި ކުދިން ހަނދާން ނެތިގެން ޖެހި ބެނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދ ސޯލިހް ވިދާޅުނުވާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުކުޅަހަށް ވީ ހުރިހާ ވައުދެއް ވެސް 100 ޕަސެންޓް ފުރިހަމަވަމުން އަންނަ ކަމަށެވެ.

އުކުޅަހުގެ ޖަލްސާގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ

އުކުޅަހުގެ ޖަލްސާގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ

ޝައުކަތު ވިދާޅުވި ގޮތުގައި އުކުޅަހުގެ ބިން ހިއްކުމަކީ އެ ރަށުގެ ރައްޔިތުން ޒަމާނުއްސުރެން ކުރަމުން އައި އުއްމީދެކެވެ. އެކި ދައުރުގައި ވެރިކަން ކުރެއްވި ވެރިންގެ އަރިހުގައި އެދެމުންދިޔަތާ ވެސް 20 އަހަރުވެއްޖެ ކަމަށް ވިދާޅުވި އެވެ.

"މި ރަށުގެ ރައްޔިތުން ދިޔައީ އެކަމަށް އާދޭސްކޮށް ސަލާން ޖަހަމުން. މި ރުއިމާއި އުނދަގުލާއި ކެކުޅުމުގެ އަޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި އެހެން ވެސް ރައީސަކަށް އަޑެއް ނީވުނު،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މިތިބީ އުފަލުން ފުރިފައި، އިރާދަކުރެއްވިއްޔާ މި ރަށުން އަޅުގަނޑުމެންނަށް ދޭނީ ގަނޑުވޯޓެއް."

ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

ވާރޭކޮޅެއް ވެހިލާއިރަށް ފެންބޮޑުވެ، ހނގާބިނގާވެ އުޅެން ދަތިވާތީ އެ ޝަކުވާ އެހެން ރައީސުންނަށް ހުށަހެޅުމުން ލިބުނު ޖަވާބަކީ، ޝައުކަތު ވިދާޅުވި ގޮތުގައި، މަގުތައް ހެދުމުން ރަށުގެ ޖަޒީރާވަންތަކަން ގެއްލޭނެ އެވެ.

އެކަމަކު މުހިއްމީ މަގުތައް ހެދުމާއި ބަނދަރު ހެދުން ކަމަށާއި އެކަން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ޝައުކަތު ވިދާޅުވީ ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ވެސް އުކުޅަހުގެ ތަރައްގީއަށް ގިނަ ކަންކަން ފުރިހަމަވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.