Roadha Mihaaru
ރައީސް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ

09 ޑިސެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމަނިކުފާނުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް އުކުޅަހަށް ވަޑައިގަންނަވަނީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅުވައިގެން ކަމަށެވެ. އެއް ދުވަހަށް ކުރައްވާ މި ދަތުރުފަޅުގައި ރަށުގެ ރައްޔިތުންނާއި އިދާރާތަކުގެ މީހުންގެ އިތުރުން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

މިއީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ރަށަކަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ދިއްފުއްޓަށެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ ރައީސަށް މަރުހަބާ ދަންނަވަން މުޅި ރަށް ޒީނަތްތެރިކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައިސްގެ މި ދަތުރުފުޅުގައި އުކުޅަހު ކައުންސިލްގެ ވެބްސައިޓު ވެސް ލޯންޗުކޮށްދެއްވާނެ އެވެ.

އުކުޅަހަކީ އެމްޑީޕީގެ ސަޕޯޓް ވަރަށް ބޮޑު ރަށެކެވެ. އެގޮތުން އެ ޕާޓީގެ ކޮންގްރެސް ވެސް މިދިޔަ ޖޫން މަހު ބޭއްވީ އެ ރަށުގަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް މިހާރުގެ ރައީސް އިންތިޚާބުކުރީ ވެސް އެ ކޮންގްރެސްގަ އެވެ.