މި އަހަރުގެ އޮކްޓޯބަރު މަހު އޭ ލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމުގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ސްޓަޑީ ކޭމްޕެއް ފަށައިފި އެވެ.
22 އޯގަސްޓް 2023
މި އަހަރުގެ އޮކްޓޯބަރު މަހު އޭ ލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމުގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ސްޓަޑީ ކޭމްޕެއް ފަށައިފި އެވެ.
ވިލާ އިންޓަނޭޝަނަލުން ބުނި ގޮތުގައި މި ކޭމްޕަކީ ދަރިވަރުންނަށް އުނދަގޫ ޓޮޕިކްތަކަށް އަހުލުވެރިކުރުވާ އެގްޒާމްގެ ސުވާލުތަކަށް އެންމެ ރަނގަޅަށް ޖަވާބު ދޭން ޖެހޭ ގޮތާއި އުކުޅުތައް ދަސްކޮށްދިނުމުގެ ކޭމްޕެކެވެ. އަދި މި ކޭމްޕުގައި ކިޔަވައިދޭ ޓީޗަރުންނަކީ ލަންކާގެ އިންޓަނޭޝަނަލް ސްކޫލުތަކުން އެންމެ ގިނަ ދަރިވަރުންނަށް މަތީ ނަތީޖާ ހޯދައިދީފައިވާ ޓީޗަރުންގެ ޕޫލަކުން ހޮވި، އޭ ލެވެލްގައި ރަނގަޅު ނަތީޖާ ނެރުމުގެ ތަޖުރިބާ ހުރި ޓީޗަރުންކަމަށް ވެސް އެ ސްކޫލުން ފާހަގަކުރެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވި ގޮތުގައި މި ކޭމްޕަކީ ދަރިވަރުން އޭލެވެލް އަށް ތައްޔާރުކުރުމަށް އެ ސްކޫލުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށެވެ. އަދި އެގްޒާމް އޮރިއެންޓެޑް ކޮށް ކުރިއަށްގެންދާ އެ ކޭމްޕަކީ ޓެސްޓުގެ ސުވާލުތަކުން މަތީ މާކްސް ހޯދުމަށް އެހީވެދޭނެ ކޭމްޕެއްގެ ގޮތުގައި ވެސް ފާހަގަކުރެއްވި އެވެ.
""އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ހިފައިގެން ދިޔައިމަ ނުވަދެވޭނެ ޔުނިވާސިޓީއެއް ނުހުންނާނެ. މި ކޭމްޕަކީ މި ތަނުން ކިޔަވާ ގިނަ ކުދިންނަކީ ޔުނިވާސިޓީ އަށް ވަދެވޭނެ ފެންވަރަށް ފާސްވާނެ ދަރިވަރުންތަކެއް ކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ކޭމްޕެއް." ނަޝީދު ވިދާޅުވި އެވެ.
މި ކޭމްޕަކީ އެއް ހަފްތާގެ ކޭމްޕެކެވެ. ކޭމްޕުގައި އެ ސްކޫލުން މި އަހަރުގެ އޮކްޓޯބަރު މަހު އޭ ލެވެލް ހަދާ ހުރިހާ ދަރިވަރުން ބައިވެރިވެ އެވެ.
ވިލާ ހައި ސްކޫލްގެ ސްކޮލާޝިޕްތައް ހަވާލުކޮށްފި
ވިލާ އިންޓަނޭޝަނަލްއަށް ވަނުމުގެ މުއްދަތު ހަމަވަނީ
ވިލާ އިން ގްރޭޑް 11 އަށް ފުރުސަތު ހުޅުވާލައިފި
ވިލާ އިންޓަނޭޝަނަލްގެ ދަރިވަރުން މެލޭޝިއާއަށް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އެމްއެޗްއޭއަށް މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން