02 ފެބުރުއަރީ 2017
ކިޔަވައިދޭ ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގި، ފުރިހަމަ އަށް އިތުބާރުކުރެވޭ މީހަކަށް ވުމަކީ އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރަން ކޮންމެހެން އިސްކަންދޭން ޖެހޭ ކަމެއް ކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އުތެމަ އިން ބުނެފި އެވެ.
ކިޔަވައިދޭ ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގި، ފުރިހަމަ އަށް އިތުބާރުކުރެވޭ މީހަކަށް ވުމަކީ އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރަން ކޮންމެހެން އިސްކަންދޭން ޖެހޭ ކަމެއް ކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އުތެމަ އިން ބުނެފި އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދެމުން ދިޔަ ދެ ޓީޗަރަކަށް އެކަން މަނާކޮށް ފިޔަވަޅު އެޅުމާ ގުޅިގެން އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޓީޗަރުގެ ހަށިގަނޑާއި މޫނުގެ ހަރަކާތްތަކުން ތުއްތުކުދިން ގިނަ ކަންތައްތަކެއް ދަސްކުރާކަން ތަޖުރިބާ އާއި އިލްމުގެ އަލީގައި އެނގޭ ކަމަށެވެ. އަދި ކިޔަވައިދޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ތައުލީމު ދޭ ފަރާތްތަކާއި ޓީޗަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.
"ބައެއް އިސްލާމީ ގައުމުތަކުގައި ވެސް، މިފަދަ ސަބަބުތަކަށްޓަކައި، މޫނު ބުރުގާ އަޅާ ޓީޗަރުން ވެސް ތުއްތު ކުދިންނަށް ކިޔަވައިދޭ ވަގުތު މޫނު ފާޅުކުރަން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.
"... އުނގެނުމުގެ މާހައުލާއި ވައްޓަފާޅި އާއި ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ހަރުދަނާ އިޖުތިމާއީ އަދި ސަގާފީ ނަމޫނާ، ދިވެހިވަންތަ ހަމަތަކުން މުޅިން ބޭރުވާ ގޮތަށް އެނބުރުމަށް އެކަކު ވެސް ނޭދޭނެކަން ކަށަވަރެވެ."
ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ރިވެތި ސިފަތަކުގެ ލާމަސީލު މިސާލަކަށް ޓީޗަރުން ވާން ޖެހޭނެ ކަމަށް ވެސް އުތެމަ އިން ބުންޏެވެ.
އެކަމަކު އެ ޖަމްއިއްޔާ އިން ވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނާއި އެ ނޫން މީހުންގެ ވެސް ވަޒީފާ ގެއްލުމަކީ މަސައްކަތްކުރުމުގެ ހައްގާއި އިގުތިސާދީ ހައްގާއި އެ ނޫން ވެސް ބައެއް ހައްގުތަކާ ގުޅިފައިވާ މައްސަލައެއް ކަން ފާހަގަކޮށްފަ އެވެ.
"އެހެންކަމުން ވަޒީފާއެއް މީހަކަށް ދޭ އިރު އަދި ވަކިކުރާ އިރު ވެސް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަންކަން ކުރުމަކީ މުހިއްމު ކަމެއް ކަމުގައި" ދެކޭތީ "ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ހިސާބަށް ކަންތައް ދިޔަ ނުދިނަމަށް ކަމާބެހޭ ފަރާތްތަކުން ސަމާލުވެ، ޓީޗަރުންގެ ޑިސިޕްލިނަރީ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ހަމަތަކަކާއި އުސޫލުތަކެއް ފަރުމާކޮށް ތަންފީޒުކުރުމަށް" އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކު މޫނުބުރުގާ އަޅައިގެން ކިޔަވައިދޭތީ ހޯމަދުވަހު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި ކުރިން ވެސް މޫނުބުރުގާ އަޅައިގެން ކިޔަވައިދެމުން ދިޔަ އއ. މަތިވެރީ ޓީޗަރަކަށް މޫނު ނިވާކޮށްގެން ކިޔަވައި ނުދެވޭނެ ކަމަށް މިދިޔަ މަހުގެ 24ގައި ވަނީ އަންގައިފަ އެވެ.
"އެޑިއުކޭޝަން މިނިސްޓްރީން އެޅި ފިޔަވަޅަކީ ދަރިވަރުންގެ ރައްކަލަކަށް އެޅި ފިޔަވަޅެއް ކަމުގައިވީ ނަމަވެސް ކުއްލިއަކަށް އެޅޭ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ހަރުކަށި ޚިޔާލަށް މަގުފަހިވާކަމީ ވެސް ފެންނަމުންދާ ހަގީގަތެކެވެ،" އުތެމަ އިން ބުންޏެވެ.
އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭ ޓީޗަރު ތަހުމީނާ މަހްމޫދަށް ސްކޫލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ "ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާ އެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތުކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭނެ ފަދަ ގޮތަކަށް" ކަމަށެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން "މިހާރު" އަށް ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފުން އަމަލު ކުރަން ޖެހޭނީ އެ މީހުންނަށް ކަނޑައަޅާފައި އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށާއި ގަވާއިދުގައި އޮންނަ ގޮތުން ކާކުކަން ނޭނގޭ ގޮތަށް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށެވެ.
މަތިވެރި ސްކޫލުގެ ޕްރައިމަރީ ޓީޗަރު އައިޝަތު ސުޒީ އަށް މޫނު ނިވާކޮށްގެން ސްކޫލަށް ނުވަދެވޭނެ ކަމަށް އެޑިއުކޭޝަން މިިނިސްޓްރީން އެންގުމާ ގުޅިގެން އޭނާ ގޭގައި މަޑުކުރަން ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެ ސްކޫލުގެ ބެލެނިވެރިން ވަނީ ރަށު ކައުންސިލް އިދާރާ އަށް ގޮސް މައްސަލަ ޖައްސައިފަ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި ސުޒީ އަށް އަލުން ކިޔަވައިދޭން ނިކުތުމުގެ ހުއްދަ ދޭން އެދި ބެލެނިވެރިން ގެންދަނީ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.
އުތެމަ އިން ބުނީ ސްކޫލްތަކަކީ މުޖުތަމައުގައި ހިނގާ ދީނީ، ސިޔާސީ އަދި އެހެނިހެން ޚިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ތަމްސީލްކުރާ ސްޓޭޖަކަށް ވެގެން ދިޔުމަކީ ދަރިވަރުންގެ ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމަށް މަންފާކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން ކިޔަވައިދޭ މާހައުލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކަށީގެންވާ މައުނަވީ ތައުލީމު، ޒަމާނީ ފެންވަރަކަށް ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި
އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި
މިއީ ޔޯކް ޔުނިވަސިޓީގެ އެންމެ ދުވަސްވީ ގްރެޖްއޭޓް
އަންހެން މުވައްޒަފުން ގޭގައި މަޑުކޮށްލާ: ތާލިބާން
ސާނަވީގައި އަންހެން ކުދިންނަށް ކިޔަވައިނުދޭނެ