މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީ އަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
27 އޯގަސްޓް 2023
މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީ އަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.
"ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" ގައި މީގެ ކުރިން އޮންނަނީ އެފަދަ ގޯއްޗެއް ނުވަތަ ރަޖިސްޓްރީ ދޫކުރަންޖެހެނީ އެ ރަށެއް ނޫނީ ސިޓީ ކައުންސިލުންނެވެ.
ނަމަވެސް، އެ ގަވާއިދަށް މިދިޔަ ހުކުރު ދުވަހު ގެނައި އިސްލާހުގައި ރަށަކުން ނުވަތަ ސިޓީއަކުން ދޫކުރާ ގޯތީގެ ރަޖިސްޓްރީ ކައުންސިލުގެ އިތުރުން، ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއް ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދޫކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.
ސަރުކާރުން ތަރައްގީ ކުރުމުގެ ގޮތުން ގޯތި ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަހައްދެއް ނަމަ އެފަދަ ސަރަހައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް ދޫކުރެވޭ ގޮތަށް ވެސް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށް ފަހު ރަޖިސްޓްރީ ކުރުމުގެ ބާރު ވެސް ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
މާލޭގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ވެސް ވަނީ ނަގައި ނިންމައިފަ އެވެ. ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ 9،003 ގޯތި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގޯތީގެ ރަޖިސްޓްރީ ސީދާ ހައުސިން މިނިސްޓްރީ އަށް ދޫކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރީ، މި ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ނޮވެމްބަރު 11 ގެ ކުރިން ގޯތި ކަނޑައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.
ރަށްރަށާއި ސިޓީތަކުން ބަންޑާރަ ގޯތި ދޫކުރުމުގެ ބާރު ކައުންސިލުތަކަށް ދޫކޮށްލީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުންނެވެ.
ހައުސިން މަޝްރޫއުގެ ލިޔެކިޔުންތައް ނެތް: ކައުންސިލް
މިނިސްޓްރީއަށް ގޯތި ދެވޭނެ ކަމާމެދު ގާނޫނީ ސުވާލެއް
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި
ތުޅާދޫ ހައުސިން ޔުނިޓު ދޫކުރަން މިނިސްޓްރީ ހަވާލުވެއްޖެ
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ