27 އޯގަސްޓް 2023
ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ފޯމުގައި ހުށަހަޅާފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން، ދާއިމީ ލިސްޓުގެ ކުރިން ކަށަވަރުކުރަން ހައުސިން މިނިސްޓްރީން ގޭގެއަށް ދާން ފަށައިފި އެވެ.
ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ފޯމުގައި ހުށަހަޅާފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން، ދާއިމީ ލިސްޓުގެ ކުރިން ކަށަވަރުކުރަން ހައުސިން މިނިސްޓްރީން ގޭގެއަށް ދާން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބުނު މީހުންގެ ގޭގެއަށް ދާން އެ މީހުންނަށް ގުޅަމުންދާނެ ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާނު ކުރި ދުވަހު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ހައުސިން މިނިސްޓްރީގެ ޓީމުތަކުން ފްލެޓް ލިބުނު މީހުންގެ ގޭގެއަށް ދާ ކަމަށެވެ. އެ ޓީމުތަކުން ބަލާނީ، ފްލެޓް ފޯމު ހުށަހެޅި އިރު ދިން މައުލޫމާތުތަކުގެ ސައްހަކަން ކަން ކަމަށެވެ.
އަކްރަމް ވިދާޅުވީ، ފްލެޓް ޝަރުތު ހަމަވި، ހުރިހާ މީހުންގެ ގޭގެއަށް ދާނެ ކަމަށެވެ.
ފްލެޓަށް ޝަރުތު ހަމަވި ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންގެ ގޭގެއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ޔަގީން ކުރުމަށް ފަހު ދާއިމީ ލިސްޓު ނެރޭނީ، އެ މީހަކަށް ލިބުނު ޕޮއިންޓް ވެސް އެނގޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން 13،000 ފްލެޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. މިވަގުތު އަމަލީ މަސައްކަތް ކުރަނީ، 4،000 ފްލެޓްގަ އެވެ. އަދި މިދިޔަ ހަފްތާގައި ވަނީ އިތުރު 4،000 ފްލެޓްގެ އަމަލީ މަސައްކަތް ފަށަން ބަޔަކާ ހަވާލުކޮށްފަ އެވެ.
އެ ދެ ޕްރޮޖެކްޓްގެ އިތުރުން 2،000 ފްލެޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރަށް އަޅަންޖެހޭ ފްލެޓްތައް އަޅާނީ، ގިރާވަރާއި ގުޅީފަޅުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ހުޅުމާލެ 3، ގުޅިފަޅުގެ އެލްޔޫޕީ މި ހަފްތާގައި އާންމުކުރަނީ
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
ފްލެޓް/ގޯތި ފޯމުގައި ކޯއެޕްލިކަންޓުގެ އިގުރާރު މައްސަލަ
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި