ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އާންމު ކުރާއިރު އޭގެ ތެރޭގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވަނީ 1،820 މީހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އާންމު ކުރާއިރު އޭގެ ތެރޭގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވަނީ 1،820 މީހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ކަމަށެވެ. އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ނިންމާފައިވެ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާން އޮތީ 73 ޕޮއިންޓު ލިބިގެންނެވެ.
އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނެ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް އޮތީ 1،218 މީހުންގެ ލިސްޓުގައި ހިމެނެ އެވެ.
އެކަމަކު ސަރުކާރުން ހެދި ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.
"އެހެންކަމުން ވެރިފިކޭޝަން ކުރިއަށް ދިޔަ ލިސްޓުގައި ހިމެނެނީ 4،939 ފަރާތެއް،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
"އެހެންވީމަ މިހާރު އިއުލާންކުރާ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 ފަރާތެއް،" ޕްރެސް ކޮންފަރެންސަށްފަހު ފްލެޓް ލިސްޓު އާންމުކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ދެންނެވި އަދަދުގެ ފޯމުތައް ބަލައި ޝަރުތުތައް ހަމަނުވާ ފަރާތްތަކާއި އަދި ޕޮއިންޓް އުނިވެގެން ފްލެޓް ނުލިބޭ ފަރާތްތައް ވާނީ މި ޕްރޮސެސް ތެރެއިން ބާކީކޮށް ފްލެޓް ނުލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައި،"
މުއްތަލިބު ވިދާޅުވީ އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ ކަމަށެވެ. އަދި ލިޔެކިޔުންތައް ހަމަނުވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން މި ލިސްޓުގައި ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިފިކޭޝަން ކުރިއަށް ދިޔައީ ޕޯޓަލްގެ ތެރެއިން ކަމާއި ހުށަހަޅާފައިވާ އެއްވެސް މައުލޫމާތެއް ލިޔެކިޔުމުގެ ބަދަލުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިފައިނުވާނެ. އަދި ފޯމު ހުށަހެޅި ފަރާތަށް ވެސް ފޯމު ބަދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ފްލެޓު ލިސްޓުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްސަލަ އެވެ. މިސާލަކަށް މާލޭގައި 15 އަހަރު އުޅުން ކަމަށް ދެއްކުމަށް ކައުންސިލުތައް މެދުވެރިކޮށް ލިޔުން ހޯދާފައިވާ ބައެއް ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ނޫޅޭ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ގިނަ ފަރާތްތަކަކީ ރަށްރަށުން މާލެ އައިސް ފަހުން ރަޖިސްޓްރީވި ފަރާތްތަކާއި އަދި މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތައް. އެކަމަކު މާލޭގައި އުޅޭކަން ސާބިތުކުރުމަކީ ގިނަ ފަރާތްތަކަށް ކުރަންޖެހިފައި އޮތް ކަމެއް. 2007 އަކުން ފެށިގެން މާލޭގައި އުޅޭކަމަށް ދެއްކުމަކީ މީގައި ކަނޑައަޅާފައިވާ އެންމެ އަސާސީ އެއް ޝަރުތު."
މާލޭގައި އުޅުންކަން ސާބިތުކޮށްފައި ވަނީ މާލޭގެ ގެތަކުން ދީފައިވާ ލިޔުންތަކާއި ކައުންސިލުން ހެކި ދީގެން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ލިޔުމެއް ނެތްއިރު ވެސް، 8 ޕަސެންޓް މީހުން ފްލެޓް ލިބޭ ލިސްޓަށް އަރުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެކަން ކަށަވަރު ކުރުމަށް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ބެލެން އޮތް މިންވަރަކަށް ބަލާފައިވެ އެވެ. މިސާލަކަށް ޕެންޝަން އޮފީސް މެދުވެރިކޮށް ވެސް ބައެއް ކަންކަން ބަލާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ގިނަ މައްސަލަތަކެއް ލިސްޓުގައި އޮތަސް ވީއެންމެ ބޮޑަކަށް ދޫދީގެން، ވީހާވެސް ގިނަ ފަރާތެއް ފްލެޓް ލިބޭ ލިސްޓުގައި ހިމެނުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
"ކުރީގެ ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުލިބޭނެ"
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި