ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
27 އޯގަސްޓް 2023
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކުރުމުގެ ކަންކަން މިއަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހާ ނޫން އެހެން މީހަކު ފޮނުވާ ނަމަ، "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ "ޕަވާ އޮފް އެޓާނީ" ފުރިހަމަކުރުމަށް ފަހު ސޮއިކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާއާ ހަވާލުކުރަން ވާނެ ކަމަށެވެ.
ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދާ މީހުން ގޯތި ލިބޭ މީހާގެ އައިޑީ ކާޑުގެ ކޮޕީއާ އަދި ބަދަލުގައި ސޮއިކުރަން ދާ މީހެއް ނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަންކޮށްފައިވާ "ޕަވާ އޮފް އެޓާނީ"ގެ އަސްލާއި އައިޑީ ކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމަށް މަގުފަހިކުރުމަށް، ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ސީދާ ހައުސިން މިނިސްޓްރީ އަށް ގޯތީގެ ރަޖިސްޓްރީ ދެވޭ ގޮތަށް އިއްޔެ ވަނީ ގަވާއިދު ވެސް އިސްލާހުކޮށްފަ އެވެ.
މާލޭގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ވެސް ވަނީ ނަގައި ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު، އެއީ 9،003 ގޯތި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން
މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު އާންމުކުރަނީ
ހައްގު ހޯދަން މާލޭ ރަށްވެހިންގެ ޖަމިއްޔާ ތެދުވެއްޖެ
"ކޮރެލް ބްލެވާޑް" މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަނީ
ލިބުނީ 105 ޕޮއިންޓް، ނުލިބުނީ ފްލެޓް!
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް