Roadha Mihaaru
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން

އުފާވެރިކަމުގެ ކަރުނަ: މާލެ އިން އަމިއްލަ ގޯއްޗެއްގެ ޔަގީންކަން

28 އޯގަސްޓް 2023

އުފަންވީ މާލެ އަށެވެ. ތޮއްޖެހިފައިވާ މި ރަށުގައި ދަރިންނާ އެކު ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެތައް ބައެކެވެ. އެ މީހުން މި ހުވަފެން ދެކެމުން އަންނަތާ އެތައް ދުވަހެކެވެ: މާލެ އިން ބިމެކެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އުފަންވީ މާލެ އަށެވެ. ތޮއްޖެހިފައިވާ މި ރަށުގައި ދަރިންނާ އެކު ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އެތައް ބައެކެވެ. އެ މީހުން މި ހުވަފެން ދެކެމުން އަންނަތާ އެތައް ދުވަހެކެވެ: މާލެ އިން ބިމެކެވެ.

އިއްޔެ އަކީ އެ ހަގީގަތް ފެންނަން ފެށި ދުވަހެވެ. މާލޭގެ ރައްޔިތުންނަށް ދޭން މި ސަރުކާރުން ވައުދުވި ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ އިން ވަކިކޮށް، ރަޖިސްޓްރީ ދީ، ބިން ކަށަވަރުކޮށްދީފި އެވެ.

"ވަރަށް އުފާވެއްޖެ. ގަބޫލު ވެސް ކުރަން ދަތި ކަމެއް މިއީ. ކޮންމެ ފަހަރަކު ފްލެޓަށް ވެސް ފޯމު ލަން އެކަމަކު ނުލިބޭ، ލައްވައެއް ނުލާ. ޝަރުތު ހަމައެއް ނުވޭ ދުވަހަކު ވެސް." ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ހަވީރު ބިން ކަނޑަން ފެށި ސަރަހައްދުން ފުރަތަމަ ބިން ލިބުނު މީހާ ބުންޏެވެ.

އޭނާ ގޯއްޗަށް އެދި ހުށަހެޅީ މީގެ ކުރިން ފްލެޓަށް ވެސް ހަމަ ހުށަހަޅާ ޑޮކިއުމެންޓްތަކެވެ. އޭނާ އަށް ގޯތި ލިބިއްޖެ އެވެ.

"ގަބޫލު ކުރަން ދަތި ނަމަވެސް މިއީ ހަގީގަތް،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ގޯތި ލިބުނު މީހާގެ ބިން ފާހަގަ ކުރުމަށް ޖަހާފައިވާ ބޯޑުކައިރީ ފޮޓޯއަކަށް ހުއްޓިލައިގެން: ގޯތި ލިބިފައިވާ އެންމެންނަށް ގޯތިދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިއްޔެ ދޫކުރި ގޯތިތަކުގެެ ކޮންމެ ބިންވެރިއެއްގެ މޫނުމަތިން ވެސް ފެނުނީ އާދަޔާހިލާފު އުފާވެރިކަމެކެވެ.

"ވަރަށް އުފާ ވެއްޖެ، ވަރަށް ވަރަށް އުފާ ވެއްޖެ. ވަރަށް ދުވަހުގެ އިންތިޒާރު މިއީ،" ހުޅުމާލެއިން ދޫކުރަން ފެށި ގޯތިތަކުން ފުރަތަމަ ބިން ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ފާތުމަތު ރަޝީދާ ބުންޏެވެ.

އޭނާއަށް ކުރެވުނީ އެތައް ދުވަހެއް ވަންދެން ކުރި އުންމީދުތަކަށް ނިމުން އައި ކަމުގެ އިހުސާސްތަކެވެ. މާލޭގައި އުޅެމުން އައި ހިތްދަތި ދިރިއުޅުން، އެއީ މާޒީ ކަމަށް ބަދަލުވުމުގެ ހުވަފެންތަކެވެ. ކުދި ތަންތަންކޮޅުގައި އުޅުނު ދިރިއުޅުން ނިމުމަކަށް އައިސް އަމިއްލަ ބިމެއްގައި އަމިއްލަ އިމާރާތެއް ހުންނާނެ ދުވަހަކީ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބުނު މީހަކު ހުޅުމާލެއިން ގޯތި ދިން ސަރަޙައްދުގައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބިންވެރިޔާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ގޯތި ލިބުނު މީހަކު ހުޅުމާލެއިން ގޯތި ދިން ސަރަޙައްދުގައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަޅުގަނޑު އަބަދުވެސް އުންމީދު ކުރިން ގޯތި ލިބޭނެ ކަމަށް، މި ސަރުކާރުން ގޯތި ދޭ ވާހަކަ ދައްކަން ފެށީއްސުރެ ވެސް. ގުޅިފަޅުން، ގިރާވަރުން ނޫނީ ހުޅުމާލެއިން ކޮންމެ ތަނަކުން ލިބުނަސް މައްސަލައެއް ނެތް،" ފާތުން ބުންޏެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު ގޯތީގައި އިމާރާތް ހުންނާނެ ގޮތުގެ ޑިޒައިންކޮށް ޕްލޭން ތައްޔާރު ކުރަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

ގޯތި ލިބުނު މީހެއްގެ ގޯތީގެ އިން ވަކިކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގޯތި ލިބުނު މީހެއްގެ ގޯތީގެ އިން ވަކިކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ސަރަހައްދުގައި ހުރެ ވާހަކަ ދެއްކި އެހެން މީހަކު ބުނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޅާ ނުލާ އޮތް ކަމެއް ކަމަށެވެ. އިއްޔެ ގޯތި ކަނޑަން ފެށިޔަސް، އެއީ ދުވަހަކު ވެސް އަތުވެދާނެ ކަމަށް އުންމީދު ކުރި ދުވަހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އެންމެ ފަހުން މާލެއިން ގޯތި ދޫކުރީ މީގެ 40 ވަރަކަށް އަހަރު ކުރިން ކަންނޭނގެ. މަންމަ ނޫނީ ބައްޕަގެ ގެ ބަހައިގެން ކުދި ތަންކޮޅުކޮޅުގައި އުޅެން މި ޖެހުނީ. އެކަމަށް ހައްްލެއް މި އައީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.

ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއިކުރުމަށްފަހު ބިން ލިބޭ ސަރަހައްދުގައި، ގޯތީގެ ރަޖިސްޓްރީ ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއިކުރުމަށްފަހު ބިން ލިބޭ ސަރަހައްދުގައި، ގޯތީގެ ރަޖިސްޓްރީ ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިއްޔެ ދޭން ފެށި ގޯތިތަކާއެކު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

ގޯތި ކަނޑަން ދިޔަ ސަރަހައްދުގައި ހުރި ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. އެތައް އަހަރަކަށްފަހު އަމިއްލަ ނަންމަތީ ބިންކަނޑައި، ރަޖިސްޓްރީ ދިނުމުން ބައެއް މީހުން އުފަލުން ރުޔެވެ.

މިއަދަކީ މާލޭ މީހުންނަށް އުފާވެރި ދުވަހެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ އެއްބަސްވުމުގައި އިއްޔެ ހަވީރު ސޮއިކުރަން ފަށައިފައި ވާއިރު، އިއްޔެ 30 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދިނެވެ. އެއީ 1،200 އަކަފޫޓުގެ ގޯއްޗެވެ.