Roadha Mihaaru
ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި

28 އޯގަސްޓް 2023

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ހަތް އަހަރު ފަހުން ބޮޑުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ހަތް އަހަރު ފަހުން ބޮޑުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް މިމަހުން ފެށިގެން ދޭން ފަށާނެ ކަމަށެވެ. މިއީ ހަތް އަހަރު ފަހުން އިނާޔަތްތަކަށް ބަދަލު ގެނައި ފުރަތަމަ ފަހަރު ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނިގޮތުގައި މީގެކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ދިނީ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 ކޯޓެއްގެ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް މި ބަދަލާއެކު 800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނިގޮތުގައި ޖުޑީޝަލް އެލަވަންސް ބޮޑުކުރީ ހަމަހަމަ އުސޫލަކުން ޖުޑީޝަލް އެލަވަންސް ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.