ބުރު ސްޕޯޓްސް ކަލްބްގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ދިގު ބުރޭކަކަށް ހިނގައްޖެ އެވެ.
ބުރު ސްޕޯޓްސް ކަލްބްގެ މައްޗަށް 1-0 އިން ކާމިޔާބު ހޯދައި ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ދިގު ބުރޭކަކަށް ހިނގައްޖެ އެވެ.
ރޭ ގެ މެޗަށް ފަހު، އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ މެޗުތަކަށް ތައްޔާރުވުމަށާއި ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗަށް ތައްޔާރުވާން، ލީގު ދެ މަސް ދުވަހަށް މެދުކަނޑާލީ އެވެ. މިއީ ލީގު ފެށިފަހުން ދިގު މުއްދަތަކަށް ލީގު މެދުކަނޑާލި ދެވަނަ ފަހަރެވެ. މީގެ ކުރިން ޖޫން ޖުލައިގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވެސް ގާތްގަނޑަކަށް ދެ މަހުގެ ބްރޭކެއް ނެގި އެވެ.
ލީގުގެ މެޗެއް ދެން އޮންނާނީ އޮކްޓޯބަރު 28 ގަ އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ސަސް ވާދަކުރާނެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ބުރާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ލަނޑު 32 ވަނަ މިނެޓްގައި ޖެހީ ޒަޔާން ނަސީރު (ޒައްޔޫ) އެވެ. މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބު ކުރީ ބުރެވެ.
ޓީސީ ހަތަރުވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ދެވަނައިގައި އޮތީ މާޒިޔާ އެވެ. އެ ޓީމަށް 22 ޕޮއިންޓެވެ. މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އީގަލްސް އެއްވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ.
ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބުރު ވެސް ގަދަ ހަތަރެއްގެ ރޭހަށް ވާންކޮށްފި
ޓީސީ އާއި ގްރީން ހަމަހަމަ!
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
ވިކްޓަރީ އަށް ހަމަނޭވާއެއް!
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
ވެލެންސިއާ ބަލިކޮށް ޓީސީ އަށް ފުރަތަމަ މޮޅު!
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި
17 އަހަރުގެ ސުހާދު، 10 މިނެޓުން ހެޓްރިކް ހަދައިފި