މެޗު ފަހު ވަގުތު ޓީސީން ނަތީޖާ ހަމަހަމަ ކުރުމުން ބުރު ސްޕޯޓްސް އަށް ހަތަރުވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
10 ނޮވެމްބަރ 2025
މެޗު ފަހު ވަގުތު ޓީސީން ނަތީޖާ ހަމަހަމަ ކުރުމުން ބުރު ސްޕޯޓްސް އަށް ހަތަރުވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރުން މެޗުން މޮޅުވާން ދަނިކޮށް ޓީސީން 1-1 ން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރަށް އީގަލްސްގެ ގޯލް ފުއަޅުވާލަން ވެސް އުނދަގޫވި އެވެ. އެ ޓީމުން ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓްގައި ހޮޖްސަން ޑިއާޒް އެވެ.
ބުރުގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ހުސްކޮށް އޭރިއާ ތެރެއަށް ވަނުމުން އެ ބޯޅަ ހުއްޓުވަން ޓީސީގެ ކީޕަރު މިސްރުގެ ކީޕަރު މުހައްމަދު ހަސަން ކުރިއަށް ނުކުތެވެ. އޭނާ ބޯޅަ އަށް ވެއްޓިގަނެ ބޯޅަ ދިފާއު ވެސް ކުރި އެވެ.
އެކަމަކު އޭނާގެ ގައިގައި ޖެހިފައި ބޯޅަ ރީބައުންސްވީ އެވެ. ދެން އެ ބޯޅަ ލިބުނީ ހޮޖްސަން އެވެ. އޭނާ އެ ބޯޅަ ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.
ބުރު މޮޅުވާކަށް ޓީސީއަކުން ފުރުސަތެއް ނުދިނެވެ. ޓީސީން އުފެއްދި ހަމަލާއެއް ބުރުގެ ގޯލްގެ ދަނޑިއަށް އަމާޒުވުމުން ރީބައުންސަށް ނުކުތް ބޯޅަ ސާފުކޮށްލުމުގައި ބުރުގެ ކުޅުންތެރިންނަށް މަސައްކަތް ނުކުރެވުނެވެ.
އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ޓީސީގެ މުހައްމަދު ދާނިޝް އިބްރާހިމެވެ.
ބުރަށް ލިބިފައި ވަނީ 8 ޕޮއިންޓެވެ. އެ ޓީމު އޮތީ ހަތަރުވަނައިގައި އޮތް އީގަލްސް އާއި ފަސްވަނައިގައި އޮތް ވިކްޓަރީގެ ފަހަތުން ހަވަނައިގަ އެވެ. އީގަލްސް އާއި ވިކްޓަރީ އަށް ވެސް ނުވަ ޕޮއިންޓެވެ.
ރޭގެ މެޗަށް ފަހު 12 ދުވަހަށް ލީގް މެދުކަނޑާލާނެ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށެވެ.
ފިލިޕީންސާ ދެކޮޅަށް މާލޭގައި ގައުމީ ޓީމުން ކުޅޭ މެޗު އޮންނާނީ މި މަހު 18 ގަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް
ބުރު ވެސް ގަދަ ހަތަރެއްގެ ރޭހަށް ވާންކޮށްފި
ޓީސީ އާއި ގްރީން ހަމަހަމަ!
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
ވިކްޓަރީ އަށް ހަމަނޭވާއެއް!
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
ވެލެންސިއާ ބަލިކޮށް ޓީސީ އަށް ފުރަތަމަ މޮޅު!
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި
17 އަހަރުގެ ސުހާދު، 10 މިނެޓުން ހެޓްރިކް ހަދައިފި