Roadha Mihaaru
ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް

ދައުރުވާ ވީޑިއޯއިން ފެންނަނީ ބޭންކަކުން ރާއްޖެ އެތެރެކުރި ޑޮލަރުތަކެއް: ކަސްޓަމްސް

02 ސެޕްޓެމްބަރ 2023

ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ޑޮލަރު ކަސްޓަމްސްއިން ކްލިއާ ކޮށްދީފައިވާ ކަމަށް ބުނެ ދައުރުވާ ވީޑިއޯއަކީ ރާއްޖޭގައި ހިންގާ ބޭންކަކުން ހުއްދަ ނަގައިގެން އެތެރެކުރި ޑޮލަރުތަކެއް ކްލިއާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ޑޮލަރު ކަސްޓަމްސްއިން ކްލިއާ ކޮށްދީފައިވާ ކަމަށް ބުނެ ދައުރުވާ ވީޑިއޯއަކީ ރާއްޖޭގައި ހިންގާ ބޭންކަކުން ހުއްދަ ނަގައިގެން އެތެރެކުރި ޑޮލަރުތަކެއް ކްލިއާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މިރޭ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ފޮއްޓަކުން ގިނަ އަދަދެއްގެ ޑޮލަރު ބޮނޑިތަކެއް ކަސްޓަމްސްގެ މުވައްޒަފުންތަކެއް ނަގައިގެން ފާސްކުރާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފޮށީގައި ހުރީ 100 ޑޮލަރުގެ ނޫޓާއި 20 ޑޮލަރުގެ ނޫޓުގެ ބޮނޑިތަކެކެވެ.

އެއީ އިންޑިއާއިން ރާއްޖެ އެތެރެކުރި ޑޮލަރުތަކެއް ކަމަށް ސޯޝަލް މީޑިއާގައި ބުނަމުން ދިޔަޔަސް، ކަސްޓަމްސުން ބުނީ އެ ވީޑިއޯއިން ފެންނަ ޑޮލަރުތަކަކީ އުސޫލުތަކުގެ ތެރެއިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ބޭންކެއްގެ ބޭނުމަކަށް ރާއްޖެ އެތެރެ ކޮށްފައިވާ ޑޮލަރުތަކެއް ކަމަށެވެ.

"ކަސްޓަމްސް އިން ޑިކްލެއާ ކޮށްފައިވަނީ އަމަލުކުރަން އޮންނަ އުސޫލުން. މިއީ އަބަދުވެސް ބޭންކުތަކުން އަމަލުކުރަމުން އަންނަ އުސޫލު." ކަސްޓަމްސް އިން ބުންޏެވެ.

އާއްމުންނަށް ހަގީގަތް އޮޅޭގޮތަށް ވީޑިއޯ ނުފެތުރުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.