Roadha Mihaaru
"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި

"ޖާނެ ޖާން"ގެ ޓްރެއިލާ ނެރެފި

06 ސެޕްޓެމްބަރ 2023

ކަރީނާ ކަޕޫރު ހާން އާއި ވިޖޭ ވަރުމާ އަދި ޖައިދީޕް އަލާވަތު ލީޑު ރޯލު ކުޅޭ ނެޓްފްލިކްސްގެ ފިލްމު "ޖާނެ ޖާން"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ކަރީނާ ކަޕޫރު ހާން އާއި ވިޖޭ ވަރުމާ އަދި ޖައިދީޕް އަލާވަތު ލީޑު ރޯލު ކުޅޭ ނެޓްފްލިކްސްގެ ފިލްމު "ޖާނެ ޖާން"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމު އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ. މިއީ ސްޓްރީމިން ސާވިސްއެއްގެ ފިލްމެއްގައި ކަރީނާ މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމަށް އިއްޔެ ބޭއްވި އިވެންޓުގައި ކަރީނާ ބުނީ މި ފިލްމުގެ ސްކްރިޕްޓް ލިބުނު އިރު، އޭނާ އިނީ ދެވަނަ ދަރިފުޅު ޖީހަންގިރު އަށް ބަލިވެ ކަމަށެވެ. އޭނާ ބުނީ ކްރައިމް ތުރިލާ އަދި މިސްޓްރީ ފިލްމުތަކަކީ އޭނާގެ އެންމެ ފޭވަރިޓް ޖޯންރާ ކަމަށާއި އެ ޖޯންރާގެ ފިލްމެއްގައި މަސައްކަތް ކުރެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

"ޖާނެ ޖާން" އަކީ 2005 ވަނަ އަހަރު ނުކުތް ޖަޕާނުގެ މިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ވާހަކަ ފޮތަށް ބިނާކޮށް ސައުތު ކޮރެއާ އިން ވެސް 2017 ވަނަ އަހަރު ފިލްމެއް ހެދި އެވެ.

"ޖާނެ ޖާން" ޑައިރެކްޓުކުރަނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ މޮޅު ފިލްމުތައް ޑައިރެކްޓުކުރި ސުޖޯ ގޯޝް އެވެ.

މި ފިލްމު ސްޓްރީމިން އަށް ދޫކޮށްލަނީ މި މަހު 21 ގަ އެވެ.