ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ނާދާނިޔާން"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ނާދާނިޔާން"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގައި އިބްރާހިމްއާ އެކު ލީޑު ރޯލު ކުޅެނީ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. މި ފިލްމަކީ ހުޝީ ކުޅޭ ތިންވަނަ ފިލްމެވެ.
ލޯބީގެ ވާހަކައަކަށް ގެނެސްދޭ "ނާދާނިޔާން"ގެ ޕޯސްޓަރުގައި ފެންނަނީ ހުޝީ، އިބްރާހިމްގެ ގައިގައި ލެނގިލައިގެން އޮންނަ ތަނެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެކެވެ.
"ނާދާނިޔާން"ގެ ޑައިރެކްޓަރަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމް އެވެ. އެކަމަކު، އޭނާ ވަނީ ކަރަން އެންމެފަހުން ޑައިރެކްޓުކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައި މިހާރު އޮތީ ނިމިފަ އެވެ.
ސިނަމާގައި ދެއްކުމުގެ ބަދަލުގައި މި ފިލްމު ގެނެސްދެނީ ނެޓްފްލިކްސް އިންނެވެ. މި ފިލްމު ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ނަމަވެސް، މި ފިލްމު ސްޓްރީމް ކުރަން ފަށާ ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
ލަކްޝިޔަ އާއި ޖާންވީ އެކުގައި ފިލްމެއް ކުޅެނީ
ފާތިމާ/މާދްވަންގެ ފިލްމު އަންނަ މަހު ނެޓްފްލިކްސްއަށް
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
ކަރަން، އެކްތާ، ކާތިކް އެކުގައި ފިލްމެއް ގެނެސްދެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
"މެޓްރޯ އިން ދިނޯ" މިއަދު ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ކުރީގެ ސްޓައިލްގެ ފިލްމެއް އުފައްދަނީ
އުންމީދަކީ ލޯބީގެ ފިލްމުތައް އިތުރުވުން: ކަރަން