Roadha Mihaaru
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި

ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ 'އޮއެވަރު' ކޮންފަރެންސަށް ދިރާގުގެ އެހީ

07 ސެޕްޓެމްބަރ 2023

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުން އިންތިޒާމް ކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުން އިންތިޒާމް ކޮށްގެން ބާއްވާ 'އޮއެވަރު' މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

'އޮއެވަރު' ކޮންފަރެންސަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސަކީ ނަފްސާނީ ދުޅަހެޔޮ ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް އެއް ތަނެއްގައި މުއާމަލާތްކޮށް، ތަސައްވުރު ހިއްސާކުރަން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތައް ގާއިމް ކުރުމުގެ މުހިންމު ކަމާބެހޭ ގޮތުން ކީ ނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތައުލީމީ ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މި ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 15 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.