Roadha Mihaaru
ލ. ލިންކް ރޯޑު އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

10 ސެޕްޓެމްބަރ 2023

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ރޭގެ ވަގުތެއްގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ޒަހަމްވި މީހަކު މިއަދު މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ރޭގެ ވަގުތެއްގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ޒަހަމްވި މީހަކު މިއަދު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު، ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ އަށާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ގެންދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުންޏެވެ.

"އެ ދެމީހުންގެ [އަނިޔާވި ދެމީހުންގެ] ތެރެއިން ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް ރޭ 1:51 ފައި މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މަރުވި މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެކެވެ. އެކަމަކު ކާރު ދުއްވަން އިން މީހާގެ ލައިސަންސެއް ނޯވެ އެވެ.

ކާރު ދުއްވަން އިން 28 އަހަރު ދިވެހި ފިރިހެން މީހާ އަށް މިހާރު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.