Roadha Mihaaru
ގަމުގައި އެކްސިޑެންޓްވި މީހާ މަރުވެއްޖެ

ގަމުގައި އެކްސިޑެންޓުވި މީހާ، ފަރުވާ ދޭތާ ދެ ހަފުތާ ފަހުން މަރުވެއްޖެ

15 ނޮވެމްބަރ 2020

ލ. ލިންކުރޯޑުގައި މިދިޔަ މަހުގެ 29 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ރޭ މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. ލިންކުރޯޑުގައި މިދިޔަ މަހުގެ 29 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ރޭ މަރުވެއްޖެ އެވެ.

އޭނާ މަރުވީ، ފަރުވާ ދެމުންދާތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އައިޖީއެމްއެޗުގަ އެވެ.

މަގުމަތީ ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ސައިކަލަކުން ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި، ގަމު މުކުރިމަގު، އަހުމަދު ފަހީމް 29، އަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ހާލު މާ ބޮޑަށް ގޯސްވާން ފެށުމުން ދެން ފަހީމް ގެނައީ މާލެ އަށެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ފަހީމްގެ ހަށިގަނޑުގެ އެކި ތަންތަން ބިނދި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

މިއީ ލ. ލިންކް ރޯޑުގައި ހިނގި މަރުގެ މިފަދަ ތިން ވަނަ އެކްސިޑެންޓެވެ.