Roadha Mihaaru
ލިއޮނާޑޯގެ އާ ލޯބިވެރިޔަކީ 25 އަހަރުގެ މޮޑެލްއެއް

ލިއޮނާޑޯގެ އާ ލޯބިވެރިޔަކީ 25 އަހަރުގެ މޮޑެލްއެއް

11 ސެޕްޓެމްބަރ 2023

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ، 25 އަހަރުގެ މޮޑެލްއަކާ ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ، 25 އަހަރުގެ މޮޑެލްއަކާ ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، 48 އަހަރުގެ ލިއޮނާޑޯ މިހާރު ރައްޓެހިވެގެން އުޅެނީ އިޓަލީގެ މޮޑެލްއެއް ކަމަށްވާ ވިޓޯރިއާ ޗެރެތީއާ އެވެ. އެ މީހުން އެކުގައި ފެންނަ ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އުމުރުން މާ ހަގު މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ލިއޮނާޑޯ އަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.

އެ މީހުން ގުޅުމަށް މިހާރު ތިން ވަރަކަށް މަސް ވެއްޖެ ކަމަށް ބެލެވޭ ކަަމަށާއި ދެމީހުން އެކުގައި ވަރަށް ގިނައިން ދަތުރުތައް ކުރާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ލިއޮނާޑޯ ވަނީ މީގެ ކުރިން 23 އަށް ވުރެ ގިނަ އަންހެނުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އޭނާއާ އުމުރުގެ ތަފާތު ވަރަށް ބޮޑަށް ހުރި މީހުންނެވެ.

ލިއޮނާޑޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ މާޓިން ސްކޯސޭސީގެ އާ ފިލްމު "ފުލާވާ މޫން"ގަ އެވެ. އެ ފިލްމު ނެރެނީ އަންނަ މަހު 20 ގަ އެވެ.