Roadha Mihaaru

ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، މި އަހަރު ކައިވެނިކުރަން ވެސް ތައްޔާރުވި ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ އާއި އެކްޓްރެސް ތަމަންނާ ބާޓިއާގެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ.

ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، މި އަހަރު ކައިވެނިކުރަން ވެސް ތައްޔާރުވި ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ އާއި އެކްޓްރެސް ތަމަންނާ ބާޓިއާގެ ގުޅުން ނިމުމަކަށް ގެނެސްފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޕިންކް ވިލާ" އިން ރިޕޯޓްކުރި ގޮތުގައި، ވިޖޭ އާއި ތަމަންނާގެ ގުޅުން ނިމުމަކަށް ގެނައިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ސީދާ ސަބަބެއް ނޭނގު ނަމަވެސް، އެ ދެމީހުންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އަދިވެސް ބާއްވާ ކަމަށް ޕިންކް ވިލާ އިން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ވިޖޭ ވެސް އަދި ތަމަންނާ ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ވިޖޭ އާއި ތަމަންނާގެ ގުޅުން ފެށުނީ 2023 ވަނަ އަހަރު ގެނެސްދިން ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް 2"ގެ ޝޫޓިން ނިމުނު ދުވަސްވަރު އެވެ. އެ ފިލްމުގައި އެ ދެމީހުންނަކީ ކޯ-ސްޓާރުންނެވެ.

އޭގެ ފަހުން، އެ ދެމީހުން އެކުގައި ވަރަށް ގިނަ އިވެންޓުތަކުގައި ބައިވެރިވާން ފެށުމުން އެއީ ހާއްސަ ގުޅުމެއްކަން މީޑިއާއަށް ކަށަވަރުވި އެވެ. އަދި އެ މީހުން ޑޭޓްކުރާ ކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނީ 2023 ވަނަ އަހަރު އާ އަހަރު ފާހަގަކުރަން އިންޑިއާގެ ގޯއާގައި ބޭއްވި ޕާޓީއަކުން ދެމީހުން އެކުގައި ފެނުމުންނެވެ.

މިދިޔަ އަހަރު ޖޫން މަހު ފިލްމް ކޮމްޕޭނިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ވަނީ އެ ދެމީހުން ޑޭޓްކުރާކަން ޔަގީން ވެސް ކޮށްދީފަ އެވެ. ވިޖޭ ވެސް ވަނީ އިންޓަވިއުއެއްގައި އެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ. އަދި އެ މީހުން މި އަހަރު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު ފަހުކޮޅު މީޑިއާތަކުން ރިޕޯޓްކުރި އެވެ.