Roadha Mihaaru
ވޯޓުލާ ގަޑި ހަވީރު 5 އަށް އިތުރުކުރަނީ

ދެ ވަނަ ބުރުގައި ވޯޓު ލާ ގަޑި ހަވީރު 5 އަށް އިތުރުކުރަން ނިންމައިފި

12 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭ ގަޑި ހަވީރު ފަހެއް ޖަހަންދެން އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭ ގަޑި ހަވީރު ފަހެއް ޖަހަންދެން އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އީސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު އިތުރުކުރުމުގެ ގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާ ވަގުތު ހެނދުނު 8:00 އިން ހަވީރު 5:00 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށެވެ. އެ އިންތިހާބުގައި ވޯޓު ލީ 79 ޕަސެންޓް މީހުންނެވެ. ވޯޓު ލެވޭ އާބާދީގެ 57،000 އެއްހާ މީހުން ވޯޓު ނުލަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި މިހާތަނަށް އެންމެ މަދުން މީހުން ވޯޓު ލީ ފަހަރު ވެސް މެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީސީން ބުނި ގޮތުގައި، ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓާކުރަން ބޭނުންވާ މީހުންނަށް ދެ ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އެއީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހު 30 ގަ އެވެ.

ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.