Roadha Mihaaru
ފުރަތަމަ ބުރުގައި އުޅުނު އޮފިޝަލުންގެ އެލަވަންސް ދެނީ

އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތްކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރަނީ

26 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާގައި ޖަމާކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި ކޯޑިނޭޓަރުންނާއި ލިއޭޒަން އޮފިސަރުންނާއި މާލެ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާ އަދި ރިޒާވް އޮފިޝަލުންގެ އެލަވަންސް ވެސް މި ހަފުތާގައި ޖަމާވާނެ ކަމަށެވެ.

"އަތޮޅުތަކުގެ ބައިގެ މަސައްކަތް ވެސް ބާރަށް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،000 އެއްހާ އޮފިޝަލުން މަސައްކަތް ކުރި އެވެ. އޮފިޝަލުންގެ އިތުރުން އީސީގެ އިދާރީ އެކި މަސައްކަތްތަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އިތުރު 200 އޮފިޝަލުން ހޯދަން އީސީން ވަނީ އިއުލާންކޮށްފަ އެވެ.

ދެވަނަ ބުރުގައި އިތުރު 12 ވޯޓު ފޮށި ބަހައްޓަން ވެސް އީސީން ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.