Roadha Mihaaru
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި

މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި

13 ސެޕްޓެމްބަރ 2023

ލަ ޕާޒް، ބޮލީވިއާ (ސެޕްޓެމްބަރު 13) - ކެޕްޓަން ލިއޮނެލް މެސީ ވަރުބަލިވެފައި ހުރުމުން، އާޖެންޓީނާއިން ރޭ ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗުން އޭނާ އުނިކޮށްފި އެވެ.

ލަ ޕާޒް، ބޮލީވިއާ (ސެޕްޓެމްބަރު 13) - ކެޕްޓަން ލިއޮނެލް މެސީ ވަރުބަލިވެފައި ހުރުމުން، އާޖެންޓީނާއިން ރޭ ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗުން އޭނާ އުނިކޮށްފި އެވެ.

މެސީ ނެތި އާޖެންޓީނާގެ ޓީމު މޮޅުކޮށް ދިނީ އެންޒޯ ފެނާންޑޭޒް އާއި ނިކޮލަސް ޓަގްލިއަފިކޯގެ އިތުރުން ނިކޮލަސް ގޮންޒާލޭޒްގެ ލަނޑުތަކުން 3-0 ންނެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލާނީ ބުނީ، އެންމެ ފަހުން އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އުނދަގޫތަކެއް ހުރި ކަމަށް މެސީ ބުނި ކަމަށެވެ. އެ މެޗުގެ ހަމައެކަނި ލަނޑު މެސީ ޖެހީ ހިލޭ ޖެހުމަކުންނެވެ.

"އޭނާ އަމިއްލަ އަށް ބުނި ކޮންމެވެސް ވަރަކަށް ވަރުބަލި ވާހަކަ... ލިއޯ [މެސީ] ހުރީ ކުޅެން ތައްޔާރަކަށް ނޫން. އިއްޔެ އޭނާ ބޯޅަ އާ އެކު މަސައްކަތް ކުރި ނަމަވެސް އޭނާއަށް ހިތްހަމަޖެހުމެއް ނުލިބުނު. އަހަރެމެން ނިންމީ އިތުރު ރިސްކު ނުނަގައި. މި މެޗުގައި އޭނާ ނުހިމަނަން،" މެޗަށް ފަހު ސްކަލޯނީ ބުންޏެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް މެސީ ހިމަނާފައި ނުވެ އެވެ. ނަމަވެސް އޭނާ ވަނީ ދުނިޔޭގެ އެންމެ އުސް ގައުމު ބޮލީވިއާ އަށް ޓީމާ އެކު ދަތުރުކޮށްފަ އެވެ. އަދި މެޗު ކުޅުނު އިރު އޭނާ އިނީ ބެންޗުގައި އިޝީންދެގެންނެވެ.

މެސީގެ ބަދަލުގައި ކެޕްޓަން ބޭންޑް އެޅީ ބެންފީކާގެ ވިންގާ އޭންހަލް ޑީ މާރީއާ އެވެ. ރޭ ގެ މެޗުގައި ޓީމުގެ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ އޭނާ އެވެ.

މެޗަށް ފަހު އޭނާ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ކެޕްޓަން ބޭންޑްގެ ޒިންމާ އޭނާ އާ ހަވާލު ކުރުމުން ގަބޫލު ކުރަން ވެސް އުނދަގޫވި ކަމަށެވެ.