11 އޮކްޓޯބަރ 2017
ކުއީޓޯ، އިކުއެޑޯ (އޮކްޓޯބަރު 11) – މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން އެންމެ އުނދަގޫ އެއް މާހައުލު އޮތް އިކުއެޑޯގެ ކުއީޓޯގައި ކުޅެ، ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އިކުއެޑޯ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް ގިނަ ބަޔަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަދީފި އެވެ.
ކުއީޓޯ، އިކުއެޑޯ (އޮކްޓޯބަރު 11) – މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން އެންމެ އުނދަގޫ އެއް މާހައުލު އޮތް އިކުއެޑޯގެ ކުއީޓޯގައި ކުޅެ، ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އިކުއެޑޯ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް ގިނަ ބަޔަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަދީފި އެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި ޕެރޫއާ ލަނޑެއް ނުޖެހި އެއްވަރުވުމުން އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު އޮތީ ވަރަށް ބޮޑަށް ހީވެފަ އެވެ. ކޮލިފައިވުމަށް މިރޭ މޮޅުވާން މަޖުބޫރުވެފައިވާތީ އެ ޓީމުގެ ގިނަ ސަޕޯޓަރުން ތިބީ، ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ މެސީ އަށް ވަރަށް ބޮޑަށް ބަރޯސާވެގެންނެވެ. ކަންވީ ވެސް އެހެންނެވެ. ތަފާތު މޮޅު ކުޅުމެއް ދައްކައި އެކަނިމާއެކަނި ކަހަލަ ގޮތަކަށް މެސީ މި ވަނީ އޭނާގެ ޓީމު ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ހޯދައިދީފަ އެވެ.
އާޖެންޓީނާ ކޮލިފައިވީ 28 ޕޮއިންޓާ އެކު ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ބުރުގެ ތިން ވަނަ ހޯދައިގެންނެވެ. އަނެއް ތިން ޖާގަ ކަށަވަރުކުރީ 41 ޕޮއިންޓާ އެކު އެއް ވަނަ ހޯދި ބްރެޒިލާއި 31 ޕޮއިންޓާ އެކު ދެ ވަނަ ހޯދި އުރުގުއޭ އާއި 27 ޕޮއިންޓާ އެކު ހަތަރު ވަނަ ހޯދި ކޮލަމްބިއާ އެވެ. ފަސް ވަނަ އަށް ދިޔަ ޕެރޫ އަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި ނިއު ޒީލެންޑާ ދެކޮޅަށް ދެ ލެގު ކުޅޭށެވެ. އެ ޓީމަށް ލިބުނީ 26 ޕޮއިންޓެވެ.
ކަނޑުގެ ލޮނުގަނޑަށް ވުރެ 9350 ފޫޓު އުހުގައި އޮންނަ ކުއީޓޯގައި މިރޭ އާޖެންޓީނާ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި އިކުއެޑޯ އިން ޖެހި ލަނޑާ އެކު އާޖެންޓީނާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނެވެ. އާޖެންޓީނާ އަށް މި ސިޓީގައި 2001 ވަނަ އަހަރުގެ ފަހުން މޮޅުވެފައިނުވާތީއާ އެކު، އިކުއެޑޯގެ ލަނޑާ އެކު އެ ޓީމަށް މަސައްކަތް ދެގުނަކުރަން ޖެހުނެވެ.
އެކަމަކު 12 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑު ޖަހައި އާޖެންޓީނާ އަށް އުއްމީދު ގެނެސްދީފަ އެވެ. މެދުތެރެއިން އިކުއެޑޯގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު އެންހެލް ޑި މަރިއާ އަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޑި މަރިއާ އެ ބޯޅަ އަލުން މެސީ އަށް ދިނެވެ. މެސީ ވަނީ އޭރު އެ ބޯޅައަށް އަރައަރާ ހުރި އިކުއެޑޯ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުތީ އެއް ފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
އާޖެންޓީނާ އަށް މެސީ ލީޑު ނަގައިދިނީ 19 ވަނަ މިނެޓުގަ އެވެ. މެދުތެރެއިން މެސީ އަށް ޖައްސާލި ބޯޅަ އިކުއެޑޯގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އަލުން މެސީ އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ބާރު ޝޮޓަކުން ގޯލަށް ވައްދާލައިފަ އެވެ.
މެސީ 62 ވަނަ މިނެޓުގައި ހެޓްރިކް ފުރިހަމަކުރީ ވެސް އެހާމެ ހިތްގައިމު ގޯލަކުންނެވެ. މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން، އިކުއެޑޯގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެގެން އޭރިއާ ރޮނގު މަތިން އޭނާ ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ބޯމަތިން ޖަހަ އެވެ.
ގައުމީ ޓީމަށް އެކަށީގެންވާ ހިދުމަތެއް މެސީ ނުކޮށްދޭ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް، މެސީ މިވަނީ މިރޭގެ މެޗާ އެކު ކޮންމެވެސް ވަރެއްގެ ޖަވާބެއް ދީފަ އެވެ. އެކަމަކު އޭނާގެ ހަގީގީ ޗެލެންޖަކަށް ވާނީ އަންނަ އަހަރުގެ ވޯލްޑް ކަޕުން ކާމިޔާބެއް ހޯދުމެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާގެ ލަގަބް މެސީ އަށް ލިބޭނީ އާޖެންޓީނާއާ އެކު އޭނާ ވޯލްޑް ކަޕް ހާސިލްކުރުމުންނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުން އާޖެންޓީނާ ބަލިވީ ޖަރުމަން އަތުންނެވެ.
ކޮލިފައިންގެ ފަހު މެޗުގައި ރޭ ޗިލީ އަތުން 3-0 އިން ބްރެޒިލް ވަނީ މޮޅުވެފަ އެވެ. މި މެޗުގައި މެންޗެސްޓާ ސިޓީގެ ތަރި ގެބްރިއަލް ޖީސަސް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކުރީ ބާސެލޯނާގެ ޕައުލީނިއޯ އެވެ.
ބޮލީވިއާ އަތުން 4-2 އުގުރުގުއޭ މޮޅެއް ހޯދިއިރު ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ އެޑިންސަން ކަވާނީ އާއި މާޓިން ސަސެރެސް އެވެ.
މެސީ ވަރުބަލިވެފައިި ހުރުމުން ސްކޮޑުން އުނިކޮށްފި
މެސީ ގައުމީ ޓީމަށް ނުނެގީ ކޮވިޑްގެ ސަބަބުން
މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް
ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އަށް ހަމަޖެހުމެއް
އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި