މެންޗެސްޓާ (ސެޕްޓެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގަށް ބަހުގެ ހަމަލާތައް ދިން ސޯޝަލް މީޑިއާ ޕޯސްޓް އެ ޓީމުގެ ފޯވާޑް ޖޭޑަން ސަންޗޯ ފުހެލައިފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގަށް ބަހުގެ ހަމަލާތައް ދިން ސޯޝަލް މީޑިއާ ޕޯސްޓް އެ ޓީމުގެ ފޯވާޑް ޖޭޑަން ސަންޗޯ ފުހެލައިފި އެވެ.
މި މަހު އާސެނަލް އަތުން ޔުނައިޓެޑްގެ ބަލިވި މެޗަށް ފަހު ޓެންހަގް ބުނީ ސަންޗޯ އެ މެޗުގައި ސްކޮޑްގައި ނުހިމެނީ ޕްރެކްޓިހުގައި އޭނާ އެންމެ ރަނގަޅަށް މަސައްކަތް ނުކުރާތީ ކަމަށެވެ.
އެ ވާހަކަތައް ދޮގުކޮށް އެކްސް (ކުރިން ޓްވިޓާ) ގައި ސަންޗޯ ވަނީ ޓެންހަގްގެ ވާހަކަތަކަށް ރައްދު ދީ، ކޯޗު ހަދަނީ ދޮގު ކަމަށް ބުނެފަ އެވެ.
އެކަމަކު މިހާރު އެ ޕޯސްޓް ޑިލީޓްކޮށްލައިފައިވުމުން، ޓެންހަގާއި ސަންޗޯއާ ދެމެދު އޮތް މައްސަލަ ފިނިވެފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އަދި ޔުނައިޓެޑުން ވެސް ދެކެނީ ސަންޗޯ ޕޯސްޓް ޑިލީޓްކޮށްލުމަކީ އޭނާގެ ފަރާތުން ފެނުނު ޕޮޒިޓިވް ކަމެއްގެ ގޮތުގައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
ބޮރޯސީއާ ޑޯޓްމަންޑުން މިދިޔަ އަހަރު ޔުނައިޓެޑަށް ސަންޗޯ ބަދަލުވި ފަހުން އޭނާ އަށް ޑޯޓްމަންޑްގައި ދެއްކި ކުޅުން ނުދެއްކެ އެވެ. ޔުނައިޓެޑަށް ބަދަލުވި ތަނާ ކައިރީގައި އަނިޔާގެ މައްސަލައެއް ވެސް އޭނާ އަށް ކުރިމަތި ވި އެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ޔުނައިޓެޑްގެ ހުރިހާ ބާރެއް ރެޓްކްލިފް ހޯދައިފި
ކިޔުންތެރިކަން ޕްރޮމޯޓްކުރަން ރަޝްފޯޑްގެ ބުކް ކްލަބެއް
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ