ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
18 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ތާއީދު ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓާ އެކު ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީޕީއެމް އަށް ހުށަހަޅާފައި ވަނީ މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.
އެހެން ނަމަވެސް ދެވަނަ ބުރަށް ފަހު ޑިމޮކްރެޓްސް އިން ހުށަހަޅާ ތާރީހެއްގައި ނިޒާމީ ވޯޓެއް ބާއްވަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް އެ ޖަވާބު ދީފައި ވާނެ. ތިރީހުގެ ކުރިން އެކަމެއް ނުކުރެވޭނެ ކަމަށް އެހެން ނަމަވެސް އޭގެ ފަހަށް ތާއީދު ކޮށްދޭނެ ވާހަކަ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެ ޕާޓީ އަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން އަދިވެސް އެނގިވަޑައިގެންފައެއް ނުވެ އެވެ.
އެހެން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށާއި ޑިމޮކްރެޓްސް އެކުގައި ތިބެއްޖެ ނަމަ އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލު ކުރާނެ ގޮތެއް މިރޭ ހާމަ ކުރަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
އެ ޕާޓީން ވަނީ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ
ޑިމޮކްރެޓްސްއާއެކު ވާދަކުރަން އެމްޑީޕީގެ ވިސްނުމެއް ނެތް
އެމްޑީޕީ އަށް ނާކާމިޔާބުވީ ލީޑަޝިޕެއް ނެތުމުން: އަމްރު
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ފައްޔާޒުގެ ހިތްވަރުގެ ބަސް: ބަލިކޮށް ނުލެވުނު ހިތްވަރު
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ