މި ދުވަސްވަރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ލައްގަމުންދާ މަރުވެފައި ހުރި މަސްތައް ކެއުމަށް ބޭނުން ނުކުރުމަށާއި އެ އެއްޗެހި ރައްކާތެރި ގޮތުގައި ނައްތާލަން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
18 ސެޕްޓެމްބަރ 2023
މި ދުވަސްވަރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ލައްގަމުންދާ މަރުވެފައި ހުރި މަސްތައް ކެއުމަށް ބޭނުން ނުކުރުމަށާއި އެ އެއްޗެހި ރައްކާތެރި ގޮތުގައި ނައްތާލަން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަސްތައް މަރުވާން މެދުވެރި ސަބަބު ދެނެގަތުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މަރުވެގެން ލައްގާ މަސްތަކާ ކައިރި ނުވުމަށާއި އެ އެއްޗެހި ކެއުމަށް ބޭނުން ނުކުރުމަށާއި އަދި ރައްކާތެރި ގޮތުގައި ނައްތާލުމަށް ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެމްއާރުއައި ބުނި ގޮތުގައި، މަރުވެފައިވާ މަސްތައް ނައްތާލަން އެންމެ ރަނގަޅު ގޮތަކީ އިންސިނިރޭޓަރު ބޭނުންކުރުމެވެ. ނުވަތަ ރަށުގައި މީހުން ދިރިނޫޅޭ ހިސާބެއްގައި އެ މަސްތައް ވަޅުލުމެވެ. އަދި އެ މަސްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަންގި އާއި މާސް ބޭނުންކުރުމަށާއި އެ މަސައްކަތް ނިންމުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް ވެސް އެ އިދާރާގެ ބަޔާނުގައި އިރުޝާދު ދީފައިވެ އެވެ.
މަރުވެފައި ހުރި ގިނަ އަދަދެއްގެ މަސް އުތުރުގެ ރަށްތަކަށް ލައްގާތީ އީޕީއޭ އިން ބަލަން ފަށައިފި :
— Mihaaru (@Mihaarunews) September 18, 2023
މަރުވެގެން ލައްގާ މަސްތަކުގެ ތެރޭގައި އެންމެ ގިނައީ ޓްރިގާ ފިޝް
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް ވިދާޅުވީ، ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ މަސް މަރުވެގެން… pic.twitter.com/rmfQ7zSYAY
އެ ސެންޓަރުން ބުނީ މަސް މަރުވުމުގެ މިފަދަ ހާދިސާތައް 2007 އާއި 2008 އަދި 2012 ގައި ވެސް ހިނގާފައިވާ ކަމަށް ރެކޯޑުތަކުން އެނގޭ ކަމަށެވެ. ނަމަވެސް، މި ކަހަލަ ހާދިސާތައް ހިންގަން މެދުވެރިވާ ސީދާ ސަބަބު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
ނަމަވެސް، އާންމުކޮށް މި ކަހަލަ ހާދިސާތައް ހިންގަން މެދުވެރިވާ ކަމަށް ބެލެވޭ ބައެއް ސަބަބުތައް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• ކަނޑުގެ ލޮނުގަނޑު މާ ބޮޑަށް ހޫނުވުން.
• އޮއިވަރު މަޑުވުމުގެ ސަބަބުން ލޮނުގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު އާދަޔާ ހިލާފަށް ދަށްވުން.
• ބެކްޓީރިއާ އާއި ވައިރަސް އިންފެކްޝަންތަކުގެ ސަބަބުން މަސްތަކަށް ބަލި ޖެހުން.
"މި ދުވަސްވަރަކީ އޮއި މަޑު ދުވަސްވަރެއް ކަމުން، ހާއްސަކޮށް ދިޔަވަރު ހިކި ވަގުތުތަކުގައި ބެދިފައިވާ ފަރުތަކުގައި އުޅޭ ދިރޭ ތަކެއްޗަށް އޮކްސިޖަން ނުލިބި މަސް މަރުވުމަށް މެދުވެރިވާ ސަބަބަކަށް ވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އެ އިދާރާ އިން ބުނި ގޮތުގައި، މީގެ ކުރިން ހިނގާފައިވާ ހާދިސާތަކާއި މި އަހަރުގެ ހާދިސާއަށް ބަލާއިރު ވެސް، އެންމެ ގިނައިން މަރުވެފައި ވަނީ ވާލަން ރޮނޑެވެ. ވާލަން ރޮނޑަކީ އެން ނުވަތަ ޕްލެންކްޓަން ކެއުމަށް ފަރުތަކުގެ ބޭރަށްވާ ގޮތަށް އޮންނަ ގުންޑޮޅިގަނޑުގައި، އޮއިވަރު ބާރު ހިސާބުގައި ގިނަ އަދަދަށް އުޅޭ މަހެކެވެ. އެހެންވެ، ކުރިން ބަޔާންކުރި ސަބަބުތަކާ ހުރެ، އެ މަސްތަކަށް ބޭނުންވާ ކާނާ ނުލިބި މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ގިނަ އަދަދެއްގެ މަސް މަރުވެގެން އުތުރުގެ ރަށްތަކަށް ލައްގަނީ https://t.co/gcQfTwgkYE
— Mihaaru (@Mihaarunews) September 18, 2023
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް މިއަދު ވަނީ ބުނެފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކަށް ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ރޮނޑުގެ އިތުރުން ފަރުމަހުގެ ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް އަތޮޅުތަކުގެ ރަށްރަށަށް މަރުވެގެން ލައްގާފައިވެ އެވެ.
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން
ރާއްޖެއިން އާ މަހެއް ފެނިއްޖެ، ނަމަކީ ރަކި ބުރަކި
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ރާއްޖެއިން އާ މަހެއް، ނަމަކަށް ދިނީ ކްރޯމިސް އަބަދަށް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް