އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން ބަދަލުކޮށް އެ ތަން އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިރި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން ބަދަލުކޮށް އެ ތަން އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިރި އެވެ.
އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން އައި ތަން ވަނީ ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު، އެ އިދާރާ ދެން ހިންގާނީ ސީދާ މިނިސްޓްރީގެ ދަށުންނެވެ. އަދި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ހިންގަން އާ މަގާމެއް އުފައްދަން ވަނީ ނިންމައިފަ އެވެ.
އެ ބަދަލުތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު "އެކްސް" ގައި ވިދާޅުވީ، އެއީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ، އެފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި ރާއްޖޭގެ އިގުތިސާދު ވެސް ބަލިކަށިވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، އީޕީއޭގެ މިނިވަންކަން މިހާރު ގެއްލިފައިވާ ކަމަށާއި އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަޖުވަދު މުސްތަފާ "މިހާރު" އަށް މިއަދު ވިދާޅުވީ، އީޕީއޭ އުވާލަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ.
އަޖްވަދު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް އެޖެންސީއެއް ހުންނަނީ އެ ގައުމުތަކުގައި ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ނުހުންނަ ކަމުގައިވާ ނަމަ ކަމަށެވެ. ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ހުންނަ ނަމަ ހިންގަނީ ރެގިއުލޭޓަރީ އޮތޯރިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޕީއޭ އުފައްދާފައި ވެސް އޮތީ ތިމާވެށި ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި. އެކަން ރިފްލެކްޓުވާ ގޮތަށް އެ ތަނުގެ ނަމަށް ބަދަލު ގެންނަނީ. އެކަމަކު ހަމަ ކުރީގެ އީޕީއޭ، އީޕީއޭ އުވާލީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
އީޕީއޭއާ މިހާރު ހަވާލުކޮށްފައިވާ އެއްވެސް ޒިންމާއެއް އަދި ދީފައިވާ އެއްވެސް ބާރެއް ވެސް ނުހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގަވާއިދަށް މި ގެނައި އިސްލާހަކީ، އީއައިއޭ ޕްރޮސެސް ހަމަ މިހާރު އޮތް ގޮތަށް ބާއްވައިފައި، އެކަމަކު ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ނިންމާ ތަރައްގީގެ މަޝްރޫއުތައް، ސަރުކާރުން އަވަހަށް ކުރިއަށް ގެންދަން ޖެހޭ މަޝްރޫއުތަކުގެ އީއައިއޭ މަރުހަލާތައް އަވަސް ކުރެވޭނެ ގޮތް ހެދުން،" އަޖުވަދު ވިދާޅުވި އެވެ.
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
ހިތަށްވީ ތަދުގެ ބަދަލުހޯދަން އުޅެގެން ކުރިއެރުމެއް ނެތް
ފައްޔާޒު، އެމްޑީޕީގެ ޗެއާޕަސަންކަމުން އިސްތިއުފާދީފި
އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ކޯޓް
އޭސީސީން ބަލާ މައްސަލާގައި އަސާސެއް ނެތް: ފައްޔާޒް
ކުރީގެ މިނިސްޓަރު ފައްޔާޒް އޭސީސީއަށް ހާޒިރުކޮށްފި
އާންމުން ބޭނުންނަމަ ވޭޕު ހުއްދަކުރާނަން: ފައްޔާޒު
އީޕީއޭ އުވައެއް ނުލާ، ނަން ބަދަލުކުރަނީ: މިނިސްޓްރީ
ނަޝީދާއި ފައްޔާޒު ލޯކަލް ކައުންސިލް ކެމްޕެއިންގައި
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!