Roadha Mihaaru
އެއްވަނަ އަކީ ހަމްޕް، ބަޝުންދަރާއިން ސަމާލުވާނެ:

އެއްވަނަ އަކީ ހަމްޕް، ބަޝުންދަރާއިން ސަމާލުވާނެ

19 ސެޕްޓެމްބަރ 2023

ބަޝުންދަރާ ކިންގްސްއިން އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ މާޒިޔާގެ ކުޅުންތެރިޔަކީ ހަމްޒާ މުހައްމަދު (ހަމްޕް) ކަމަށް، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

ބަޝުންދަރާ ކިންގްސްއިން އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ މާޒިޔާގެ ކުޅުންތެރިޔަކީ ހަމްޒާ މުހައްމަދު (ހަމްޕް) ކަމަށް، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބަށުންދަރާއިން މާޒިޔާ އާ ދެކޮޅަށް ކުޅޭނެ އެވެ. މެޗު ފަށާނީ ހަވީރު 3 ޖަހާއިރު އެވެ.

ނިއު ރޭޑިއަންޓްގައި 2017 އަދި 2018 ވަނަ އަހަރު ހަމްޕް އަށް ކޯޗުކޮށް ދިން އޮސްކާ ބުނީ މިހާރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހަމްޕް ކަމަށެވެ. އޭނާ އާ މެދު ސަމާލުވުމުގެ މުހިންމުކަން ބަޝުންދަރާގެ ކުޅުންތެރިންނަށް ބުނެ ދީފައިވާނެ ކަމަށް އޮސްކާ ބުންޏެވެ.

"އެ ކުޅުންތެރިޔަކާ ބެހޭގޮތުން މިވަގުތު އަހަރެމެން ޓީމުގެ ތެރޭގައި ވާހަކަ ދައްކާ ކުޅުންތެރިޔަކީ ހަމްޕް. ހަމްޕް އަކީ މުޅިން ތަފާތު ފެންވަރެއްގައި ހުރި ކުޅުންތެރިޔެއް،" އޮސްކާ ބުންޏެވެ.

ނިއު ރޭޑިއަންޓްގައި ސެންޓޭ އަށް ވެސް ކޯޗުކޮށް ދިން އޮސްކާ ބުނީ ކުރީގެ ފޯމަށް އައުމަށް ސެންޓޭ މަސައްކަތް ކުރަމުންދާކަން އެނގޭ ކަމަށެވެ. އޭގެ އިތުރުން މާޒިޔާގެ ކެޕްޓަން ސަމޫހް އަލީ އަކީ ވެސް ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެއް ކަމަށްވުމުން އޭނާގެ ނަން ވެސް އޮސްކާ ފާހަގަ ކުރި އެވެ.

ބަށުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް: އޭނާ ބުނީ ހަމްޕް އަކީ ތަފާތު ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަށުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޮން ބަރޭރަސް: އޭނާ ބުނީ ހަމްޕް އަކީ ތަފާތު ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެކަމަކު އެ ހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް ތަފާތު ފެންވަރެއްގައި ހުރި ކުޅުންތެރިޔެއް ހަމްޕް އަކީ. ހަމަ ޔަގީނުން ވެސް އެއީ މިހާރު ރާއްޖޭގެ އެއްވަނަ،" އޮސްކާ ބުންޏެވެ.

ބަށުންދަރާގެ ބްރެޒިލްގެ ފޯވާޑް ރޮބްސަން އެޒްވޭޑޯ ބުނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބަށުންދަރާއިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެންމެ ފާހަގަވި ކުޅުންތެރިޔަކީ ހަމްޕް ކަމަށެވެ.

"(މިއަދުގެ) މެޗު ވާދަވެރި ވާނެ. ވަކި ކުޅުންތެރިޔެއްގެ ވާހަކަ ދައްކަންޏާ އަހަރެމެން ސަމާލުވާން ޖެހޭނެ ކުޅުންތެރިޔަކީ ނަންބަރު 10 [ހަމްޕް]،" ރޮބްސަން ބުންޏެވެ.