Roadha Mihaaru
އޭޝިއަން ގޭމްސްގައި ދިދަ ވިހުރާލީ ޒިޔާން އާއި އީހައު

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޒިޔާން އާއި އީހައު އަށް

24 ސެޕްޓެމްބަރ 2023

ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ގައުމީ ޝޫޓިން އެތުލީޓް ޒިޔާން ޒިޔާއު އާއި ތުރީ އޮން ތުރީ އަންހެން ބާސްކެޓްބޯޅަ ޓީމު ފާތިމަތު އީހައު ޝަމީމް ރާއްޖޭގެ ދިދަ ވިހުރުވާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ގައުމީ ޝޫޓިން އެތުލީޓް ޒިޔާން ޒިޔާއު އާއި ތުރީ އޮން ތުރީ އަންހެން ބާސްކެޓްބޯޅަ ޓީމު ފާތިމަތު އީހައު ޝަމީމް ރާއްޖޭގެ ދިދަ ވިހުރުވާލައިފި އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ތާވަލް ކުރެވުނު މި ގޭމްސް މި އަހަރަށް ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ރަސްމީކޮށް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ހަންގްޒޯ އޮލިމްޕިކް ސްޕޯޓްސް ސެންޓަރު ސްޓޭޑިއަމްގައި ރޭ ބާއްވާފައި ވާއިރު، 40 ކުޅިވަރެއް މި ގޭމްސްގައި ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރެއިން ނުވަ ކުޅިވަރެއްގައި ރާއްޖެ ތަމްސީލު ކުރާނެ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓު އޭޝިއަން ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ރާއްޖޭގެ ކޮންޓިންޖެންޓު އޭޝިއަން ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ ޝޫޓިން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ، އެތުލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް (ޓީޓީ)، ސްވިމިން، ބީޗް ވޮލީބޯޅަ، ކްރިކެޓް އަދި އީ-ސްޕޯޓްސް އެވެ.

ރަސްމީކޮށް މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުގެ މެޗްތައް ވަނީ ފަށައިފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ވަނީ ޗައިނާގެ ޕެއާއާ ވާދަކޮށް 21-11، 21-12 އިން ބަލިވެފަ އެވެ. އަދި ހުކުރު ދުވަހު ފިލިޕީންސް އަތުން ވެސް ހަމަ މި ނަތީޖާއިން ބަލިވެ، ރާއްޖޭގެ ޕެއާ ވަނީ ކަޓައިފަ އެވެ.

ބީޗްވޮލީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

ބީޗްވޮލީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

ޓީޓީ އަންހެން އަދި ފިރިހެން ޓީމް އިވެންޓް ވެސް ހުކުރު ދުވަހު ވަނީ ފަށައިފަ އެވެ. އިއްޔެ ވެސް އަންހެން އަދި ފިރިހެން ޓީޓީ ޓީމުގެ މެޗެއް ކުޅުނެވެ.

އަންހެން ޓީމް އިވެންޓުގައި ޗައިނީޒް ޓައިޕޭ ވަނީ ފުރަތަމަ މެޗު ސީދާ ތިން ގޭމުން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ސިންގަލްސް ގޭމުން އައިޝަތު ރަފާ ނާޒިމް ބަލިވީ 11-3، 11-3، 11-1 އިންނެވެ. ދެވަނަ ގޭމުގައި ލައިސާ ފަތުހުﷲ އިސްމާއިލް ބަލިވީ 11-4، 11-4، 11-6 އިންނެވެ. އަދި ތިންވަނަ ގޭމުގައި ފާތިމަތު ޖުމާނާ ނިމާލް ބަލިވީ 11-3، 11-2، 11-5 އިންނެވެ.

ޓީޓީ އަންހެން ޓީމު އިވެންޓުގެ މެޗެއްގައި ލައިސާ ކުޅެނީ.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ޓީޓީ އަންހެން ޓީމު އިވެންޓުގެ މެޗެއްގައި ލައިސާ ކުޅެނީ.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ފިރިހެން ޓީޓީ ޓީމު ވެސް ހުކުރު ދުވަހު ޗައިނީޒް ޓައިޕޭއާ ވާދަކޮށް ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ވާދަކޮށް މުހައްމަދު ޝައްފާން އިސްމާއިލް ބަލިވީ 11-2، 11-1، 11-5 އިންނެވެ. މޫސާ މުންސިފް އަހުމަދު ދެވަނަ ގޭމުގައި 11-5، 11-5، 11-7 އިން ބަލިވިއިރު ފަހު ގޭމުގައި އަހްޔާރު އަހުމަދު ހާލިދު ބަލިވީ 11-6، 11-5، 11-2 އިންނެވެ.

ޓީޓީ ފިރިހެން ޓީމު އިވެންޓުގެ މެޗެއްގައި އަހްޔާރު.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ޓީޓީ ފިރިހެން ޓީމު އިވެންޓުގެ މެޗެއްގައި އަހްޔާރު.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ

ޓީޓީ އަންހެން އަދި ފިރިހެން ޓީމުގެ ދެވަނަ މެޗު އިއްޔެ ކުޅުނެވެ. އަންހެން ޓީމު ކުޅުނީ އުތުރު ކޮރެއާއާ ދެކޮޅަށެވެ. ފުރަތަމަ ގޭމުގައި 11-5، 13-11، 11-6 އިން ރަފާ ބަލިވިއިރު، ދެވަނަ ގޭމުގައި ލައިސާ ބަލިވީ 11-1، 11-2، 11-3 އިންނެވެ. އަދި ފަހު ގޭމުގައި ޖުމާނާ ބަލިވީ 11-5، 11-8، 11-2 އިންނެވެ.

ފިރިހެން ޓީޓީ ޓީމު ކަޒަކިސްތާނާ ދެކޮޅަށް ނުކުތްއިރު، ފުރަތަމަ ގޭމުގައި އަހްޔާރު ބަލިވީ 11-3، 11-2، 11-5 އިންނެވެ. ޝައްފާން ކުޅުނު ގޭމުން 11-8، 11-6، 11-8 އިން ބަލިވިއިރު މުންސިފް ކުޅުނު ގޭމުން ބަލިވީ 11-5، 11-9، 11-7 އިންނެވެ.