ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ސްކްރީނިން ހަދާ ޕެކޭޖުތަކަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
28 ސެޕްޓެމްބަރ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ސްކްރީނިން ހަދާ ޕެކޭޖުތަކަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓްރީ ޓޮޕްއިން ހިތުގެ ސްކްރީނިން އަށް ހާއްސަ ޕެކޭޖުތަކަކީ "ހެލްތީ ހާޓް" ޕެކޭޖާއި "ސްޓްރޯންގް ހާޓް" ޕެކޭޖެވެ.
"ހެލްތީ ހާޓް" ޕެކޭޖަކީ 30 އަހަރާއި 60 އަހަރުގެ މީހުންނަށް ހާއްސަ ޕެކޭޖެވެ. މި ޕެކޭޖުން ހިތުގެ ބަލިތައް ދެނެގަތުމަށް ހަދާ ކްލިނިކަލް އެގްޒާމިނޭޝަނާއި މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބަލަޑް ޕެރެޝާ ބެލުން ހިމެނެ އެވެ. އަދި މި ޕެކޭޖުން ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް އެކްސް ރޭ، އެކޯކާޑިއޮގްރާމް، އީސީޖީ އަދި ޓީއެމްޓީ ހިމެނެ އެވެ.
މި ޕެކޭޖުގައި 12 ލެބޯޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ. އޭގެ ތެރޭގައި ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލްކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ހޯމޯސިސްޓީން ޓެސްޓު ހިމެނެ އެވެ.
މި ޕެކޭޖުން ކްލިނިކަލް ޑައިޓީޝަނަކަށް ދައްކާ ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމުގެ އިތުރުން ޓެސްޓްތަކުގެ ނަތީޖާއާއެކު ޑޮކްޓަރަށް ދެއްކޭނެ އެވެ.
ޓްރީ ޓޮޕްގެ ދެ ވަނަ ޕެކޭޖު "ސްޓްރިންގް ހާޓް" ޕެކޭޖަކީ 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖުން ހިތުގެ ބަލިތަށް ދެނެގަތުމަށް ހަދާ ކްލިނިކަލް އެގްޒާމިނޭޝަނާއި މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބަލަޑް ޕެރެޝާ ބެލުން ހިމެނެއެވެ. އަދި މި ޕެކޭޖުން ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް އެކްސް ރޭ، އެކޯކާޑިއޮގްރާމް، އީސީޖީ އަދި ޓީއެމްޓީ ހިމެނެ އެވެ.
މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ.
މި ޕެކޭޖުން ވެސް ޑައިޓީޝަނަކަށް ދައްކާ ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމުގެ އިތުރުން ޓެސްޓްތަކުގެ ނަތީޖާއާ އެކު ޑޮކްޓަރަށް ދެއްކޭނެ އެވެ.
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ނަން ނޯޓުކުރަން ފަށައިފި
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް
ޓްރީ ޓޮޕުން އެންޓިމައިކްރޮބިއަލް އެވެއާނެސް ވީކެއް
ހަކުރު ބައްޔާގުޅޭ ރޯޑްޝޯއެއް ޓްރީ ޓޮޕްއިން ބާއްވަނީ
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ޓްރީ ޓޮޕްގެ ކޮންޓެކްޓް ސެންޓަރެއް އޭދަފުށީގައި
ޓްރީ ޓޮޕްގެ "ނާޗާ" ޕްރޮގުރާމް އަލުން ފަށައިފި
ޓްރީ ޓޮޕްގައި ކެންސަރު ސްކްރީން ކުރަން ކްލިނިކެއް
ޓްރީޓޮޕްގެ "ނާޗާ ޕްރޮގުރާމް" އަށް ހުޅުވާލައިފި