ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަމަތަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށް، އެ ޕްރޮސީޖާ ކާމިޔާބު ކޮށްފި އެވެ.
07 އޮކްޓޯބަރ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަމަތަ ފަހަރަށް ދާއިމީ ޕޭސްމޭކާ އިމްޕްލާންޓްކޮށް، އެ ޕްރޮސީޖާ ކާމިޔާބު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި، ޕްރޮސީޖާ ކާމިޔާބުކުރީ ކޮންޑަކްޝަން ސިސްޓަމް ނުވަތަ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކޮށްގެންނެވެ. އެ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ފުރިހަމަ ކުރުމުގައި އިސްކޮށް އުޅުއްވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓު ޑރ. މިގްދާތު ޝަރީފާއި ޑރ. އަމިތު އަގަރްވާލް އެވެ.
މި ޕޭސިން ޕްރޮސީޖަރަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރުފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުންކުރާ ޕްރޮސީޖަރެކެވެ.
ކޮންޑަކްޝަން ސިސްޓަމް ޕޭސިން ޕްރޮސީޖަރުގައި ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ތެރޭގައި ހާއްސަ ލީޑްތަކެއް ބަހައްޓާފައިވާ ކާޑިއަކް ޕޭސްމޭކަރުތަކެއް ހިމެނެ އެވެ.
އެ ޕޭސިން ޑިވައިސްތަކުން ހިތުގެ މަސްގަނޑު ސްޓިމިއުލޭޓް ކުރުމަށް އިލެކްޓްރިކަލް އިމްޕަލްސްތައް އުފައްދައި، އެކަށީގެންވާ ރޭޓެއްގައި ހިތުގެ ވިންދު ބެލެހެއްޓޭކަން ކަށަވަރު ކޮށްދެ އެވެ. އެ ޕްރޮސީޖަރަކީ އާދައިގެ ކާޑިއެކް ކޮންޑަކްޝަން އެކްޓިވޭޓްކޮށް، ކަނައަތު އަދި ވާތު ވެންޓްރިކަލްސް ނުވަތަ ހިތުން ލޭ ޕަމްޕްކުރާ ޗެމްބަރުތައް ސިންކްރޮނައިޒްޑް ކޮންޓްރެކްޝަން ފޯރުކޮށްދޭ ފިޒިއޮލޮޖިކަލް ޕޭސިންއެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭސިން އޮޕަރޭޝަން ކުރާ މީހުންނަށް، އޮޕަރޭޝަނަށް ފަހު ބޭނުންވާ “އާފްޓާ ކެއާ” ގެ ފަރުވާ ފޯރުކޮށްދެ އެވެ. އެއީ އެ ހޮސްޕިޓަލާއި މެޑްޓްރޮނިކް ޕްރައިވެޓް ލިމިޓެޑުން ގުޅިގެން ދޭ ހިދުމަތެކެވެ.
ހިދުމަތް ދިނުމަށް އެ ކުންފުނިން ސާމާނުތައް ވެސް ފޯރުކޮށްދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފްކޮށް ފުރަތަމަ ފަހަރަށް އެ ޕްރޮސީޖާ ކާމިޔާބުކޮށް ފުރިހަމަ ކުރުމަކީ އެ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓްރީ ޓޮޕަށް އިތުރު އެމްއާރްއައި މެޝިނެއްގެ ހިދުމަތް
ޓްރީ ޓޮޕްގެ "ނާޗާ" ޕްރޮގުރާމް އަލުން ފަށައިފި
ޓްރީ ޓޮޕްގެ މުހިންމު ބައެއް ހިދުމަތްތައް ޕޯޓަލުން
ސެންޓޭ އަށް އުފާވެރިކަން ގެނެސްދިނީ ޓްރީ ޓޮޕުން!
ނިދުމުގެ މައްސަލަތަކަށް ފަރުވާދޭ ކްލިނިކެއް ޓްރީޓޮޕްގައި
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ގޭގައި ހުރެގެން ހެދޭ ޑަޔަލިސިސްއެއް ތައާރަފް ކުރަނީ
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"