Roadha Mihaaru
އިންތިހާބީ ރައީސާއި މަޖިލިހުގެރައީސް ބައްދަލުކުރައްވައިފި

އިންތިހާބީ ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

03 އޮކްޓޯބަރ 2023

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީއާ އެކު، އިންތިހާބީ ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު މުއިއްޒު މަޖިލީހަށް ވަޑައިގެންނެވިއިރު އަރިހުގައި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަޑައިގެންނެވި އެވެ.

އެ އިދާރާއިން މުއިއްޒަށް މަރުހަބާ ދެންނެވީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމްގެ އިތުރުން ބައެއް އެހެން މެންބަރުންނެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަޖިލިހުގެ އިދާރާ އަށް ޒިޔާރަތް ކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި މުއިއްޒު ވަނީ، ވެރިކަން ކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި އެކަން ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ލިޔުއްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒު ރޭ ވަނީ، ޓްރާންސިޝަނަލް މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ވާހަކަ މިއަދުގެ ބައްދަލުވުމުގައި ނަޝީދަށް ދަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މި ދުވަސްކޮޅު ވެސް އަޅުގަނޑު އެދެނީ އަދި ޔަގީން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަން،" މުއިއްޒު ވިދާޅުވި އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަކީ މުއިއްޒުގެ ވައުދެކެވެ. އެ ވާހަކަ ތަކުރާރު ކުރައްވައި، މުއިއްޒު ރޭ ވިދާޅުވީ، މި ސަރުކާރުގައި ނަޝީދަށް ހޯދައިނުދެވުނު އިންސާފު އެ މަނިކުފާނުގެ ސަރުކާރުގައި ހޯދައިދެއްވާނެ ކަަމަށެވެ.