Roadha Mihaaru
ސިއާމް ޕެރެގޯން މޯލްގައި ބަޑިޖަހައި 3 މީހުން މަރު

ބެންގްކޮކްގެ ސިއާމް ޕެރެގޯން މޯލް ތެރޭގައި ބަޑިޖަހައި 3 މީހުން މަރުވެއްޖެ

03 އޮކްޓޯބަރ 2023

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މަތީ ފެންވަރުގެ މޯލްއެއްގެ ތެރޭގައި ބަޑިޖަހައި، މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ މަތީ ފެންވަރުގެ މޯލްއެއްގެ ތެރޭގައި ބަޑިޖަހައި، މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބަޑިއެއް ހިފައިގެން ވަދެ ސިއާމް ޕެރެގޯން މޯލް ތެރޭގައި ތިބި މީހުންނަށް ހަމަލާދޭން ފެށީ 14 އަހަރުގެ ކުއްޖެކެވެ.

އެ މޯލްއަކީ ބެންގްކޮކަށް ދާ ދިވެހިންގެ މެދުގައި މަގުބޫލު މޯލްއެކެވެ. މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.

ބަޑީގެ އަޑުއިވިގެން މޯލް ތެރޭގައި ތިބި ގިނަ ބަޔަކު ދުވެފައި ނުކުމުގެންދާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ހަމަލާދިން ކުއްޖާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ. އެ ހާދިސާގައި އިތުރު ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.