Roadha Mihaaru
އޮޅުންބޮޅުން: ހަރުކަށި ވިސްނުން

އޮޅުންބޮޅުން: ހަރުކަށި ވިސްނުން

06 ފެބުރުއަރީ 2017

އަޅުގަނޑު މިދަންނަވާ އެއްޗަކާ އެއްބަސްވެވަޑައި ނުގެންފާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. މި ޚިޔާލާ އިދިކޮޅަށް އެއްޗެއް ވިދާޅުވެފާނެ އެވެ. ނުވަތަ ތިޔަ ވިދާޅުވަނީ އެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުމީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވަމުންދާ މައްސަލައެއްގެ ވާހަކަ އެވެ. މިއީ މައްސަލައެއް ކަމަށް ވެސް ދެކެވަޑައިނުގެންފާނެ އެވެ. އެއީވެސް މައްސަލައެއް ނޫނެވެ. މުޖުތަމަޢުގައި ކުރިމަތިވަމުން، ކުރިއަރަމުން، ފުޅާވަމުން ދާ މައްސަލަތަކުގައި ޚިޔާލު ތަފާތުވާނެ އެވެ. ހައްލު ހޯދުމަށް ވިސްނާ ވިސްނުން ވެސް ތަފާތުވާނެ އެވެ. އެފަދަ ކަންކަމާ މެދު ދެކޭ ގޮތް ވެސް ތަފާތުވެދާނެ އެވެ. ތަފާތުވާ ކޮންމެ ޚިޔާލެއްގެ ބޭފުޅުން ވެސް އެބޭފުޅުންގެ ވިސްނުމަށް ބާރުލުމުގެ ގޮތުން ހެއްކާއި ޤާރީނާ އާއި ތަފާތު ހުއްޖަތު ވެސް ދައްކަވާނެ އެވެ. އެފަދަ ކަންކަމާ މެދު ރަނގަޅު މަގެއް ފެނޭތޯ ބެލުމަށް ސިކުނޑިތަކުގެ ވިސްނުމުގެ ތޫފާނެއްގެ ޚިޔާލުގެ ވާރޭގެ އޮއްސާލުމެއް ބޭއްވުމަކީ ނަތީޖާއެއް ނުކުމެދާނެ މަސައްކަތަކަށް ވެސް ވެދާނެ އެވެ.

އަޅުގަނޑު މިދަންނަވާ އެއްޗަކާ އެއްބަސްވެވަޑައި ނުގެންފާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. މި ޚިޔާލާ އިދިކޮޅަށް އެއްޗެއް ވިދާޅުވެފާނެ އެވެ. ނުވަތަ ތިޔަ ވިދާޅުވަނީ އެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުމީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޮޑުވަމުންދާ މައްސަލައެއްގެ ވާހަކަ އެވެ. މިއީ މައްސަލައެއް ކަމަށް ވެސް ދެކެވަޑައިނުގެންފާނެ އެވެ. އެއީވެސް މައްސަލައެއް ނޫނެވެ. މުޖުތަމަޢުގައި ކުރިމަތިވަމުން، ކުރިއަރަމުން، ފުޅާވަމުން ދާ މައްސަލަތަކުގައި ޚިޔާލު ތަފާތުވާނެ އެވެ. ހައްލު ހޯދުމަށް ވިސްނާ ވިސްނުން ވެސް ތަފާތުވާނެ އެވެ. އެފަދަ ކަންކަމާ މެދު ދެކޭ ގޮތް ވެސް ތަފާތުވެދާނެ އެވެ. ތަފާތުވާ ކޮންމެ ޚިޔާލެއްގެ ބޭފުޅުން ވެސް އެބޭފުޅުންގެ ވިސްނުމަށް ބާރުލުމުގެ ގޮތުން ހެއްކާއި ޤާރީނާ އާއި ތަފާތު ހުއްޖަތު ވެސް ދައްކަވާނެ އެވެ. އެފަދަ ކަންކަމާ މެދު ރަނގަޅު މަގެއް ފެނޭތޯ ބެލުމަށް ސިކުނޑިތަކުގެ ވިސްނުމުގެ ތޫފާނެއްގެ ޚިޔާލުގެ ވާރޭގެ އޮއްސާލުމެއް ބޭއްވުމަކީ ނަތީޖާއެއް ނުކުމެދާނެ މަސައްކަތަކަށް ވެސް ވެދާނެ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ދީނީ ކަންތައްތަކުގައި ދަތުރުކުރާ މިސްރާބެއްގެ ގޮތުގައި މިހާރު ބޮޑަށް ފެންނަނީ މެދު ފަންތީގެ މަގަކަށް ވުރެ ބޮޑަށް ހައްދުފަަހަނައަޅައިފިއޭ މިކިޔާ ހަރުކަށި ވިސްނުމުގެ މަގުން ކަމަށް ބައެއް ދިވެހިން ދެކެ އެވެ. އެގޮތަށް ފެނުމުގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ހުރިހާ ދީނެއްގައި ވެސް މައިގަނޑު ގޮތެއްގައި އެދީނެއް ޤަބޫލުކުރާ މީހުންގެ ތެރެއިން އެ ދީނެއްގެ ބައެއް ޢިލްމުވެރިން އެބޭފުޅުންނަށް އެދީނެއްގެ ޢިލްމު، ފަހުމްކުރެއްވޭ ގޮތަކަށް ނުވަތަ މާނަކުރެއްވޭ ގޮތަކަށް ފަތުވާ ދެއްވަ އެވެ. މިގޮތަށް ދެއްވާ ފަތުވާގައި ބައެއް ފަހަރު މައިގަނޑު އެއް ވިސްނުމެއްގައި، އެއްފަޅިއެއްގައި ތިއްބަވާ ބޭފުޅުން ވެސް ބައެއް ކަންތަކާ މެދު ދެއްވާ ފަތުވާ އުޑާއި ބިމާހާ ތަފާތެވެ. ފަތުވާގައި މި ގޮތަށް ޚިޔާލު ތަފާތުވާ ކޮންމެ ބަޔަކު ވެސް ދެކެނީ އެބައެއްގެ ދީނުގައި އަންގަވާފައި އޮންނަ ގޮތަށް އެންމެ ރަނގަޅަށް ފަތުވާދެނީ އެބަޔަކު ކަމަށެވެ. ހިންދޫ ދީނާއި ބުދުދީނާއި އީސާއީންގެ ވެސް އެއްކަަމަކާ މެދު ވިސްނާ ވިސްނުން ތަފާތުވެ މުޅިން އެހެން ދީނެއްގައި އުޅޭ ބައެއް ކަމަށް ދުރުން ބަލާ މީހުންނަށް ފެންނަ ދަރަޖައަށް ކުރާ އަމަލުތައް ތަފާތުވެ އެވެ. އެހެންނަމަވެސް މައި ނަންބޯޑަކަށް ގެންގުޅެނީ އެދީނެއްގެ ނަމެވެ. މިސާލަކަށް ދަންނަވާ ނަމަ ކެތަލިކަކަށް ވިއަސް ނުވަތަ ޕުރޮޓެސްޓަންޓަކަށް ވިޔަސް އެއީ ޢީސާއީއެކެވެ.

ހަރުކަށި އިސްލާމީ ވިސްނުމަކަށް ދިއުމާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތީމެވެ. އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ މެދު މިނުގެ އިސްލާމީ ވިސްނުމެއް ގެންގުޅުމަށް "މި ސަރުކާރުން" ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭ ގޮތުންނެވެ. އެކަމަކު އެއީ "މި ސަރުކާރުން" އެފަދަ ވިސްނުމަކަށް ދާން ބޭނުމިއްޔާ އެވެ. ގިނަ ދިވެހިންނަށް ފަސޭހަކަމާ އެކު ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުފަތުރުކޮށް އުޅެވޭ ގޮތަށް "މި ސަރުކާރުން" ފާޅުގައި ކަންތައް ކުރަން ބޭނުމިއްޔާ އެވެ. (ސަރުކާރާ ބެހޭ ގޮތުން އަޅުގަނޑަށް ބައެއް ފަހަރު ރީތި ބަހުރުވައިން ވެސް ލިޔެވިފައި ހުންނާނެ އެވެ. އެކަމަކު މިހާރު އަޅުގަނޑު ކުރިއަށް މިދަނީ ދިވެހި ބަހުގެ އިސް އުސްތާޘެއް ކަމަށްވާ މަރުޙޫމް ޢަލީ އަޙްމަދު ދެއްވާފައިވާ އިރުޝާދަކާ އެއްގޮތަށެވެ. ރީތި ބަހުރުވައިން މުޚާތަބްކުރާނީ އިންސާނުންނަށް ކަމަށެވެ. އެއްޗެއްސަކަށް ނޫނެވެ).

ސަރުކާރުގެ މަތީ މަޤާމްތަކުގައި، ދީނީ ކަންކަމާ މެދު ގެންގުޅޭނެ ޤައުމީ ސިޔާސަތު ނިންމޭނެ ހިސާބުގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނަކީ އިސްލާމީ ކަންތައްތަކާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅޭ ކަމަށް ގިނަ މުސްލިމުން ދެކޭ ޤައުމުތަކުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންނެވެ. އަޅުގަނޑު މިދަންނަވަނީ ވަކި ތަނަކުން ކިޔެވުމަކީ ވަކި ގޮތަކަށް ވިސްނުން ބައްޓަންކުރެވޭނެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ގޮތުން މުޅި ޤައުމުގައި ދިރިއުޅޭ އެންމެން ތަބަޢަވާން ޖެހޭ ގޮތްތައް ނިންމަވާ މަޖިލީހަކީ އަޅުގަނޑުމެން ޤަބޫލުކުރާ އިސްލާމީ ތަފާތު ވިސްނުންތަކުގެ ބޭފުޅުން ޝާމިލުވެވޭ މަޖިލީހަކަށް ވުމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް މަންފާކުރާނެ ކަމެކެވެ. މަޖިލީހުގެ މެންބަރުން ހަމަހަމަ ގޮތަކަށް ބެހިފައި އޮންނަ ގޮތަށް ބޭއްވުމަށް "މި ސަރުކާރުން" ބާރުއަޅަން ޖެހެ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އެންމެ ގިނަ ދުވަސް ވާންދެން ރައީސްކަން ކުރެއްވި ބޭފުޅަކީ އިސްލާމީ ޢިލްމުގެ އިސް ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅަކަށް ވެފައި މެދު ފަންތީގެ އިސްލާމީ ވިސްނުމެއް ގެންގުޅުއްވި ބޭފުޅަކަށް ވުމުން، ކަނޑުން ނަގާ ބޮޑު ރާޅެއް ގޮނޑުދޮށަށް ބިންދާލާ ގޮތަށް ހަރުކަށި އިސްލާމީ ވިސްނުން ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑު ހުރަހަކަށް ވިއެވެ. އެހެންނަމަވެސް އެކަން އޮތީ ފެށިފަ އެވެ. އެމަނިކުފާނަށް ފަހު ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅާ (އަޅުގަނޑުގެ ނަޒަރުގައި) ހަރުކަށި އިސްލާމީ ވިސްނުމުގެ ވާހަކަ ދައްކަވަމުން ގެންދެވީ ނުބައިތާގަ އެވެ. އެމަނިކުފާނަކީ ދީނީ ޢިލްމުވެރިއަކަށް ނުވުމުން ދީނީ ކަންތައްތަކާ މެދު ގޮތެއް ނިންމުމުގައި އަތް ފޮޅާލެއްވި އެވެ. އެކަމުގައި ފައިދާ ނެގެން އޮތް ބަޔަކު އެ ފުރުޞަތުގެ ބޭނުންކޮށްގެން ފައިދާ ނެގި އެވެ. ދެން ވެރިކަމަށް އައީ "މި ސަރުކާރެވެ".

ސަރުކާރުގެ މަޢުލޫމާތު ފަތުރާ ވަސީލަތްތަކުން ވެސް ދީނީ ކަންކަމާ މެދު ޚިޔާލު ފާޅުކުރަން ގެންދާ ޢިލްމުވެރިން ދައްކަވާ ވާހަކައާ މެދު ސަމާލުވާން ޖެހެ އެވެ. ސަބަބަކީ ސަރުކާރު މީޑިއާއިން ފަތުރަނީ ސަރުކާރުގެ ސިޔާސަތު ކަމަށް ވާތީވެ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ވާހަކައެއް އެތަންތަނުން ފޮނުވިގެން ނުވާނެތީވެ އެވެ

ހުރިހާ ކަމެއްގައި "ހަކުރު ދިނިއްޔާ ބޮޑުބޭބެ" ގެ ސިޔާސަތު އޮވެގެން ނުވާނެ އެވެ. އިޤްތިޞާދީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ރާއްޖެ އޮތް ދުވަސްވަރެއްގައި ޢީސާއީ ދީން ފަތުރާ މީހުން ރާއްޖެ އައިސް، ރާއްޖެ އަށް މާލީ ފުއްދުންތެރިކަން ނެތުމުގެ ސަބަބުން ނުކުރެވިފައި ހުރި ބައެއް ކަންތައްތައް ކުރަން އުޅުމުން ވެސް އެމީހުންގެ މަޤްޞަދު އަޅުގަނޑުމެންނަށް އޮޅުންފިލުމުން ހިތްހެޔޮކަމާ އެކު ނޫނެކޭ ބުނީ އެވެ. މިހާރު ކުރިއާ އަޅާބަލާއިރު އަޅުގަނޑުމެންގެ ހާލަތު ހާސް ބައި ރަނގަޅެވެ. ނޫނެކޭ ބުނަން ޖެހޭ ތަންތާގައި ނޫނެކޭ ބުނަން ކެރެންވާނެ އެވެ. ނޫނެކޭ ބުނަން ޖެހޭ މީހަކީ ކޯޓު ފަޓްލޫނު ލައިގެން ހުރި މީހަކަށް ވިޔަސް އެވެ. އެމީހަކީ ކައިރިފަށުގައި ކިނާރިއަޅާފައި ހުރި ބޮޑު ޖުއްބާ ލައިގެން ހުރި މީހަކަށް ވިޔަސް އެވެ. ކަންކަން ކުރަން އުޅުމުގެ މަޤްޞަދަށް ވިސްނާފަ އެވެ.

ސަރުކާރުގެ މަޢުލޫމާތު ފަތުރާ ވަސީލަތްތަކުން ވެސް ދީނީ ކަންކަމާ މެދު ޚިޔާލު ފާޅުކުރަން ގެންދާ ޢިލްމުވެރިން ދައްކަވާ ވާހަކައާ މެދު ސަމާލުވާން ޖެހެ އެވެ. ސަބަބަކީ ސަރުކާރު މީޑިއާއިން ފަތުރަނީ ސަރުކާރުގެ ސިޔާސަތު ކަމަށް ވާތީވެ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ވާހަކައެއް އެތަންތަނުން ފޮނުވިގެން ނުވާނެތީވެ އެވެ. ރަނގަޅު ވާހަކައެެކެވެ. އެބޭފުޅުން ދައްކަވަން ބޭނުންފުޅު ވާހަކައެއް އެބޭފުޅުން ދައްކަވާނެ އެވެ. އެކަމަކު އެވާހަކައެއް ފޮނުވުމުގެ ބާރު އޮތީ އެކަމެއް އިންތިޒާމްކުރި އިސްޓޭޝަނަކަށެވެ. އެވާހަކައެއް ފޮނުވެންވާނީ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ބައި އުނިކުރެވިގެންނެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ގިނަ ފަހަރަށް ދިމާވާނެ ގޮތަކީ ޕުރޮޑިއުސަރަށް ފަސޭހައިން އާނ ބަސް ލިބުނު ޢިލްމުވެރިއަކު ގެންދަވަނީ އެވެ. ވާހަކައިގެ ކުރިން "ޕޮލިސީ ބުރީފިން" އެއް ދެވޭހެނެއް ހީއެއް ނުވެ އެވެ. އޭނާއަކީ ޢިލްމުވެރިއަކަށް ވާތީވެ، ދައްކަވާނީ މުޅިން ވެސް ރަނގަޅު ވާހަކަ ކަމަށް ބަލާފައި، ދެއްކެވި ހުރިހާ ވާހަކައެއް އެޑިޓްކުރުމަކާ ނުލައި ފޮނުވާލަނީ އެވެ. މުޖްތަމަޢުގައި އަންހެނުންގެ ދައުރާއި، ޤާނޫނީ ގޮތުން ކައިވެނިކުރުމަށް ކަނޑައަޅާފައި އޮންނަ އުމުރާ ބެހޭ ގޮތުން އަޑުއަހަން މާ ފަސޭހަ ނޫން ވާހަކައިގެ އަޑު އަޅުގަނޑަށް ވަނީ ސަރުކާރުގެ މީޑިއާ އިން އިވިފަ އެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ސަރުކާރުގެ ރޭޑިއޯގެ ނުފޫޒު، ޚާއްޞަކޮށް އަތޮޅުތެރޭގައި ވަރަށް ގަދަ އެވެ. ފާއިތުވި މާޒީގައި ރާއްޖެ އެކި ކަންކަމުގައި ހޭލުންތެރިކުރުވުމަށް ރޭޑިއޯ ވަނީ ވަރަށް މުހިއްމު ރޯލެއް ކުޅެފަ އެވެ. ޓެލެވިޒަން އިސްޓޭޝަނެއް ގާއިމުވުމަށް ފަހު، ރޭޑިއޯގެ ރޯލު ތަންކޮޅެއް ފަނޑުވިޔަސް، ރޭޑިއޯ އަކީ އަދިވެސް ރާއްޖޭގެ ވަރަށް ގިނަ މީހުންގެ މަޢުލޫމާތު މުއްސަނދިކުރުމުގެ ވަރަށް މުހިއްމު ވަސީލަތެކެވެ. މަޢުލޫމާތު ފެތުރުމުގައި ނޭދެވޭ ގޮތަކަށް ބޭނުންކުރެވިއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢަށް ކުރާނެ އެވެ.

މަޢާފްކުރައްވާށެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ރާއްޖެ އިސްލާމީ ހަރުކަށި ސިޔާސަތަކާ ދިމާއަށް ދަތުރުކުރާ ނަމަ އެ މަސައްކަތުގައި ނޭނގި ނަމަވެސް މީޑިއާގެ ބައިވެރިވުން ވަރަށް ބޮޑެވެ.