Roadha Mihaaru
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް

ރަސޫލާއަށް ފުރައްސާރަ ކުރާއިރު އެކަށީގެންވާ ފިޔަވަޅެއް ނާޅާ: ޖަމީލް

20 ޖެނުއަރީ 2019

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)، ކީރިތި ރަސޫލާއާ ގުޅުވައިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ދިވެހިން އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކާ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓް---

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ ވާހަކަ ދައްކާ ފަރާތްތަކާމެދު ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ފުލުހުން ފިޔަވަޅު ނާޅާނަމަ އެފަދަ ވާހަކަތައް ދައްކަނީ ނުފޫޒުގަދަ ބައެއްކަމަށް ބެލެވޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެފަދަ މީހުން ހޯދައި އެކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Fuluhun Aaniya aa ves suvaalu koffi

Fuluhun Aaniya aa ves suvaalu koffi

The most trusted news source in the Maldives

Mihaaru

ފުލުހުން އާނިޔާއާ ސުވާލު ކުރުން---

މިމަހު ކުރީކޮޅު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ނަފުރަތު އުފެދޭ ގޮތަށް، އަދި އިންޒާރު ދީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ ވާހަކަތައް ފެތުުރުމުން ދުރުވެ ތިބުމަށް ދެ ފަރާތަށް ވެސް ގޮވާލާ ކަމަށެވެ. ފުލުހުންގެ ޓްވީޓްގައި ދެފަރާތް ކަަމަށް ބުނެފައި ވަނީ ދީނީ ގޮތުން ހަރުކަށި ވާހަކަތައް ދައްކާ ފަރާތްތަކާއި ދީނާ ދުރު ވާހަކަތައް ދައްކާ މީހުންނަށެވެ.

އެ މައްސަލާގައި މިހާތަނަށް މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާ އާއި "ސިރޫ އާޓްސް"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ މުހައްމަދު ސިރުހާން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ޝެއިހު އަލީ ޒައިދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.