މެންޗެސްޓާ (ފެބްރުއަރީ 6) – ސްވަންސީ ސިޓީ އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް މެންޗެސްޓާ ސިޓީ ރޭ އެރިއިރު، ލެސްޓާ ސިޓީ އަތުން ފަސޭހަކަމާ އެކު 3-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2017
މެންޗެސްޓާ (ފެބްރުއަރީ 6) – ސްވަންސީ ސިޓީ އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް މެންޗެސްޓާ ސިޓީ ރޭ އެރިއިރު، ލެސްޓާ ސިޓީ އަތުން ފަސޭހަކަމާ އެކު 3-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
އެއް ވަނައިގައި 59 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ސިޓީ ތިން ވަނަ އަށް އެރީ 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ކުރިން ތިން ވަނައިގައި، 47 ޕޮއިންޓާ އެކު އޮތް އާސެނަލް ހަތަރު ވަނަ އަށް ވެއްޓިފައިވާއިރު ކުރިން ހަތަރު ވަނައިގައި އޮތް ލިވަޕޫލް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 46 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓާ ޔުނައިޓެޑް ހަ ވަނައިގައި އޮތީ 45 ޕޮއިންޓާ އެކު އެވެ. ޕްރިމިއާ ލީގުގައި ބަލިނުވެ 15 މެޗު ޔުނައިޓެޑުން ފުރިހަމަކުރި ނަމަވެސް އެ ޓީމު އަދިވެސް ހަ ވަނައިގައި އަރައިގަނެވޭ ގޮތެއް ނުވެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ސްވަންސީގެ ގިލްފީ ސިގާސަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ފަހު ވަގުތު ސިޓީ މޮޅުކޮށްދިނީ ދާދި ފަހުން އެ ޓީމާ ގުޅުނު ބްރެޒިލްގެ އުމުރުން 19 އަހަރުގެ ފޯވާޑް ޖީސަސް އެވެ.
ލެސްޓާގެ ދަނޑުގައި އެ ޓީމު އަތުން ޔުނައިޓެޑް މޮޅުވީ ފަސޭހަކަމާ އެކު އެވެ. ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޔުނައިޓެޑުގެ ފުރަތަމަ ދެ ލަނޑު ޖެހީ ހެންރިކް މިކިތާރިޔަން އާއި ޒަލަޓާން އިބްރަހިމޮވިޗެވެ. ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭ ވައްދާލީ ހުއާން މަޓާ އެވެ.
ރޭގެ މެޗުން ބަލިވުމާ އެކު އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ އަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ރެލިގޭޝަން ޒޯނުގެ އެންމެ މަތީގައި އޮތް ހަލް ސިޓީއާ ލެސްޓާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ. ޖުމްލަ 21 ޕޮއިންޓާ އެކު 16 ވަނައިގައި ލެސްޓާ އޮތްއިރު ލީގުގެ އެންމެ ފުލުގައި އޮތް ސަންޑަލެންޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.
ޔުނައިޓަޑް ބަލިވެ، ސިޓީ އަށް ލީގު ކަށަވަރުވެއްޖެ
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
"ސިޓީ ބަލިކުރި މެޗުގެ ތަރިއަށް ފަރުވާތެރިވާން ޖެހޭ"
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ތަރިންނަށް ރެސްޓްދީ ލޫޓަން ރޫޅާލައި ސިޓީން އެއްވަނައަށް
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި
ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީ ކޮޕީކޮށްގެން
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް