Roadha Mihaaru
ތަރިންނަށް ރެސްޓްދީ ލޫޓަން ރޫޅާލައި ސިޓީން އެއްވަނައަށް

މުހިންމު ތަރިންނަށް ރެސްޓް، ދެން ލޫޓަން ރޫޅާލައި ސިޓީން އެއްވަނަ އަށް

14 އެޕްރީލް 2024

މެންޗެސްޓާ (އޭޕްރީލް 14) – މުހިންމު ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމަށް ފަހު މެންޗެސްޓާ ސިޓީން ލޫޓަން ޓައުންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މެންޗެސްޓާ (އޭޕްރީލް 14) – މުހިންމު ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމަށް ފަހު މެންޗެސްޓާ ސިޓީން ލޫޓަން ޓައުންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މެޗުން މޮޅުވެ ސިޓީން ދެ ޕޮއިންޓްގެ ލީޑާކާ އެކު އެއްވަނަ އަށް އެރީ، ގަދަ ތިނެއްގައި ވާދަކުރާ އަނެއް ދެ ޓީމު އާސެނަލް އާއި ލިވަޕޫލަށް ވުރެ އިތުރަށް މެޗު ކުޅެގެންނެވެ. އިއްޔެ އެ ދެ ޓީމަށް މެޗެއް ނެތެވެ.

ސިޓީން މުހިންމު ކުޅުންތެރިންނަށް ރެސްޓް ދިނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ މިއަންނަ ބުދަ ދުވަހުގެ ރޭ ގަ އެވެ.

ސިޓީގެ ފޯވާޑުންގެ ތެރެއިން މަޝްހޫރު އާލިންގް ހާލަންޑް މެޗުގައި ކުޅުނެވެ. އޭނާ ވަނީ ޕެނަލްޓީ އަކުން އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހައިފަ އެވެ.

އެ ޓީމުގެ ފަސް ލަނޑުގެ ތެރެއިން ފަހު ހަތަރު ލަނޑު ޖެހީ ގާތްގަނޑަކަށް އެންމެ ފަހު 25 މިނެޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑަކީ ލޫޓަންގެ ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީގެ ދެވަނަ ލަނޑަކީ މަޓައޯ ކޮވަސިލް ވައްދާލި ހިތްގައިމު ލަނޑެކެވެ. ފަހު ދެ ލަނޑު ޖެހީ ޖެރްމީ ޑޮކޫ އާއި ޔޮސްކޯ ގާޑިއޯލް އެވެ. ލޫޓަންގެ ލަނޑު ޖެހީ ރޯސް ބާކްލީ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތުގެ މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ޔުނައިޓެޑް ބަލި ނުވެ ސަލާމަތްވީ ބްރުނޯ ފެނާންޑޭޒް 65 ވަނަ މިނެޓްގައި ވައްދާލި ޕެނަލްޓީންނެވެ.